ކޮޕް26 ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މާލެ ވަޑައިގެންފިއެވެ.
މިފަހަރުގެ ކޮޕް26 ގެ ލެޖިސްލޭޓަރސް ސަމިޓުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ގައުމުތަކަށް މާ ބޮޑަށް އަސަރު ކުރާކަމަށެވެ. އެގޮތުން ރާއްޖެއަކީ ވަރަށް ތިރީގައި އޮންނަ ގައުމެއް ކަމުން ކަނޑުގެ ލޮނުގަނޑު އުފުލޭ ވަރަކަށް ރަށްތައް ގިރުން ފަދަ ކަންކަން މިހާރު ދަނީ ރާއްޖެއިން ފެންނަމުންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިއީ ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީގައި ދެމެހެއްޓުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް ލިބޭ އެންމެ ފަހު ފުރުސަތަށްވުންވެސް އެކަށީގެންވާ ކަމަށެވެ.
ރައީސް ނަޝީދު މިއަދު މާލެ ވަޑައިގެންފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވަގުތީ ގެކޮޅުގެ މަސައްކަތް ނިންމައި، އެގެކޮޅު ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ހަވާލުކޮށްފިކަމަަށް ޕްލޭނިންގ މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.
ނަޝީދަށް ދިން ހަމަލާއަށް ފަރުވާ ހޯއްދެވުމަށްފަހު މިދިޔަ އޮކްޓޯބަރުމަހު ރާއްޖެ ވަޑައިގެން ހުންނަވަނީ ހޮޓެލް ޖެންގައެވެ. އެތަނުގައި ހުންނެވުމަށް ދުވާލަކަށް 33246 ރުފިޔާ ދައުލަތުން ހަރަދުކުރެއެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އެމަނިކުފާނަށާއި ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު