ދަޢުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެނައުމަށް ޕްރައިވަޓައިޒޭޝަން ބޯޑުން ނިންމައިފިއެވެ.
ވަކި ޤާނޫނަކުން އުފައްދާފައިވާ ޕަބްލިކް ސަރވިސް މިޑިއާގެ ޑިރެކްޓަރުންގެ ބޯޑުން އަލީ މިދުހަތު ވަކިކުރަން ނިންމާފައިވާއިރު އޭނާގެ ބަދަލުގައި ބޯޑަށް އައްޔަނުކުރުމަށް ހަމަޖައްސާފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް މުޙައްމަދު އާސިފް (މޮންދު) އެވެ.
މިދުހަތު ޕީއެސްއެމް ބޯޑަށް އައްޔަން ކުރައްވައިފައިވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ދާދިފަހުން ސަރުކާރުގެ ރަސްމީ ދުވަސްތައް ޕީއެސްއެމުން ކެޓަގަރައިޒް ކުރި ގޮތާމެދު މިދުހަތުގެ ވިސްނުން ބޯޑުގެ އެހެން މެންބަރުންގެ ވިސްނުމާ ތަފާތުވެފައިވާ ކަމަށް އަޑުތައް ފެތުރިފައިވެއެވެ. ނަމަވެސް މިދުހަތު ވަކިކުރުމަށް ނިންމި ސަބަބެއް ކަނޑައެޅިގެން ނޭގެއެވެ.
ޕީއެސްއެމްގެ ބޯޑަށް އަލަށް އައްޔަނު ކުރުމަށް ނިންމާފައިވާ މޮންދު މީގެ ކުރިން ވަނީ ޓީވީއެމާއި ވީޓީވީ ހިންގުމުގައި އިސްދައުރެއް އަދާކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު