ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހަށްވެސް އެމްއެމްއޭގެ ހިންގުމުގެތެރެއަށް ނުވަދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދައިގެ މުއްދަތު އެއްއަހަރަށް އިތުރުކޮށް، އޯވަޑްރޯގެ ލިމިޓް 2.5 ބިލިއަން ރުފިޔާއަށް ކުޑަކުރަން މާލިއްޔަތު ކޮމިޓީން ފާސްކުރުމަށް ފަހު އެކަން ކުރާނެ ގޮތުގެ ތަފްސީލުތައް ކޮމިޓީން ފާސްކުރުމަކީ، އެމްއެމްއޭގެ މިނިވަންކަމަށް އަރައިގަނެވޭ ކަމެއް ކަމަށެވެ.

އެގޮތުން މަޖިލީހުގެ ކައުންސެލް ޖެނެރަލް އެމަނިކުފާނަށް ލަފާއަރުވާފައިވަނީ، ގާނޫނުގައި މަޖިލީހަށް ލިބިގެންވާ ދައުރަކީ ހަމައެކަނި އިސްތިސްނާ ދިނުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އިސްތިސްނާ ދިނުމަށްފަހުގައި އެކަން ހިންގާނެ ގޮތް އެއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި ފިނޭންސް މިނިސްޓްރީން ނިންމާ ނިންމުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގައި ބުނަނީ ޕަބްލިކް އެކައުންޓުން ނަގާ ފައިސާ އަނބުރާ 90 ދުވަހުގެ ތެރޭގައި ދެއްކުމަށް އޮންނަ އޮތުމަށް މަޖިލީހުން އިސްތިސްނާ ދިނުމަށް ނިންމުމަށްފަހު، އެކަން ހިންގާނެ ގޮތް ކަނޑައަޅާނީ، އެމްއެމްއޭއާއި ފިނޭންސުން ކަމަށެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓްގައިވަނީ މި ދަރަންޏަކީ 50 އަހަރުން ދައްކާ ބޮންޑަކަށް ބަދަލު ކުރަން ކަމަށް ވާއިރު އޭގެ އިންޓަރެސްޓް ރޭޓް ވެސް ކަނޑައަޅާފައި ވާތީ އެއީ އެމްއެމްއޭގެ ދައުރުގެ ތެރެއަށް މަޖިލީހުން ވަނުން ކަމަށާއި، އެހެންކަމުން އެކަމަށް ޙައްލެއް ހޯއްދެވުމަށް މާލިއްޔަތު ކޮމިޓީގެ މުޤައްރިރާ މަޝްވަރާކުރަށްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މަޖިލީހަށް ފެންނަގޮތް ރެކޮމަންޑޭޝަނެއްގެ ގޮތުގައި ހުށައެޅިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އޯވަޑްރޯގެ މުއްދަތު އިތުރުކުރަން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށައެޅީ 3.5 ބިލިއަން ރުފިޔާ އޯވަޑްރޯ ކުރުމަށް ނުވަތަ ޗާޕު ކުރުމަށެވެ. އެހެން ނަމަވެސް އޯޑީގެ ލިމިޓް 2.5 ބިލިއަން ރުފިޔާއަށް ކުޑަކުރަން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ހުށައެޅުއްވުމުން އެހުށައެޅުން ވަނީ ފާސްވެފައެެވެ. މީގެ ކުރިން ވެސް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެން ދެ ފަހަރެއްގެ މަތިން ފައިސާ ޗާޕު ކުރުމުގެ ހުއްދަ ހޯދާފައެވެ. އަދި ތިން ވަނަ ފަހަރަށް ފައިސާ ޗާޕު ކުރަން މަޖިލިހުގެ ހުއްދައަކަށް އެދުމުން އަދަދު ކުޑަކޮށް ފައިސާ ޗާޕްކުރުމުގެ ހުއްދަ ދިނުމަށް މަޖިލީހުގެ ކޮމެޓީން ވަނީ ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން