ގއ. މާމެންދޫ އައުއިންޖީނުގޭގެ މަސައްކަތް ނިމި ހިދުމަތްދޭން ފަށައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ 2019 ވަނަ އަހަރުގެ ނޮވެމްބަރ 7 ގައި ބިންގާ އަޅާފައިވާ ގއ. މާމެންދޫ ފެނަކަ އިންޖީނުގޭގެ މަސައްކަތް ނިންމައި އައު އިންޖީނުގެއިން އެ ރަށުގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް 22 ނޮވެންބަރ 2021 ގައި ދޭން ފަށާފައިވާ ކަމަށެވެ.
ޓިކް ޓެކް އިންވެސްޓްމަންޓާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ އަގަކީ 5.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.
ފެނަކަ އިން ރަށްރަށުގައި އަލަށް އިމާރާތްކުރާ އިންޖީނުގެތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި، ރައްކާތެރިކަމާ އެކު ތެޔޮ ރައްކާކުރެވޭނެ ތަނެއް ގާއިމުކޮށް، އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ޗިމްނީ ތަކެއް ހަދާނެއެވެ.
އާ އިންޖީނުގެތައް ހުޅުވާއިރު ރަށްރަށުގެ ކަރަންޓް ނެޓްވޯކް ވެސް އަޕްގްރޭޑް ކުރެވިގެން ދާނެއެވެ. އަދި މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 70 ޑެސިބެލް އަށް ވުރެ މަތިނުވާނެހެން ސައުންޑް އެޓެނުއޭޓަރު ޤާއިމުކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު