މަރިޔަމް ލައިޝާ   24 ނޮވެމްބަރު 2021 - 14:30
ޗައިނާ ސަރުކާރުގެ ދައުވަތަކަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެގައުމަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ, އެމަނިކުފާނު އަންގާރަ ދުވަހު ޗައިނާއަށް ފެށްޓެވި މި ދަތުރުފުޅަކީ، 3 ދުވަހުގެ ދަތުރުފުޅެއްކަމަށެވެ.



ޗައިނާ ސަރުކާރުގެ ދައުވަތަކަށް މިނިސްޓަރ ޝާހިދު ކުރައްވާ މި ދަތުރުފުޅުގައި، ދެގައުމުން އިސްކަންދޭ ކަންތައްތަކާއި، ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާއި، ދެމެހެއްޓެނިވި ތަރައްގީގެ އިތުރުން، މޫސުމީ ބަދަލުތަކާއި ކާރިސާތަކާއި އދ. އަށް ގެންނަ އައު ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާ ސަރުކާރުގެ އޮފިޝަލް، ޒަންގ ޖުން، ޝާހިދުގެ މި ދަތުރުފުޅާ ގުޅޭގޮތުން ވިދާޅުވީ މި ދަތުރުފުޅުގެ ސަބަބުން ޗައިނާއާއި އދ. ގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ.

ފޮރިން މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ޗައިނާ ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން