ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތަށް އިންޑިއާއިން އިތުރު 15 މިލިއަން ޑޮލަރު ދީފިއެވެ.
މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ 67 ކިލޯމީޓަރުގެ ބްރިޖުތަކާއި ކޯޒްވޭ ތަކުގެ މައްޗަށް އެކުލެވޭ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ވެގެންދާނީ މާލެ، ހުޅުލެ، އަދި ހުޅުމާލެ ގުޅީފަޅު ޕޯޓް އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން ގުޅުވައިދޭ ލައިފްލައިނަކަށް ކަމުގައި ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫއަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. މި މަޝްރޫއަށް އިންޑިއާގެ އެހީ ފޯރުކޮށްދޭނެކަން އިއުލާނު ކޮށްފައިވަނީ ހުސްވިއަހަރުގެ އޮގަސްޓްމަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖެއިޝަންކަރާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބޭއްވި ވާޗުއަލް ބައްދަލުވުމުގެ ތެރޭގައެވެ.
އެގޮތުން އިންޑިއާއިން މި ފޯރުކޮށްދިން 15 މިލިއަން ޑޮލަރަކީ ބްރިޖުގެ މަޝްރޫއަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އެޑްވާންސް ފައިސާއެވެ. ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ އެހީއާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ތެރެއިންނެވެ. މި މަޝްރޫޢު ނިންމުމަށް އަމާޒު ހިފާފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައެވެ.
6.7 ކިލޯ މީޓަރު ދިގު މި ބްރިޖްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ ސަރވޭގެ މަސައްކަތް ފަށާފައިވާއިރު އެ މަސައްކަތް ކުރަމުންގެންދަނީ ބްރިޖްގެ މަސައްކަތް ކޮންޓްރެކްޓް ކޮށްފައިވާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗަރގެ ސަބްކޮންޓްރެކްޓަރެއް ކަމަށްވާ ފޯރސައިޓް ސާރ ވެއާސްއިންނެވެ.

ކިޔުންތެރިންގެ ހިޔާލު