ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު (ކ)
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު (ކ)
ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބާއްވަވާ "އާސްކް ސްޕީކަރ" ސިލްސިލާގެ ހަތަރުވަނަ ޕްރޮގްރާމް މި ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ "އާސްކް ސްޕީކަރ" ޕްރޮގްރާމްގެ 4 ވަނަ ޝޯވ އޮންނާނީ 30 ނޮވެމްބަރ ދުވަހުގެ ރޭގަނޑު 9:00 ގައިކަމަށެވެ. މަޖިލީހުގެ ރައީސް އާއި ސުވާލު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 7234566 ނަންބަރަށް އެސްއެމްއެސް، ވައިބަރ، ޓެލެގްރާމް އަދި ވަޓްސްއެޕް ގެ ޒަރީއާއިން ސުވާލުތައް ފޮނުވޭނެއެވެ. އަދި ފޭސްބުކާއި ޓްވިޓަރގައި އާސްކްސްޕީކަރ ހޭޝްޓެގުންވެސް ސުވާލު އެހޭނެއެވެ.

މި ޕްރޮގްރާމް ރާއްޖޭގެ ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ދުރަށް ދައްކާއިރު މި ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަގުތުން ޖަވާބު ދެއްވާނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

"އާސްކް ސްޕީކަރ"ގެ ފުރަތަމަ ޕްރޮގްރާމް 7 ޑިސެމްބަރު 2019 ގައި ބާއްވާފައިވާއިރު، 2 ވަނަ ޕްރޮގްރާމް ބާއްވާފައިވަނީ 7 ޑިސެމްބަރު 2020 ގައެވެ. އަދި 3 ވަނަ ޝޯވ ބާއްވާފައިވަނީ 5 ޖުލައި 2021 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން