ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމުގައި އަބަދުވެސް ދެމިހުންނަވާނޭކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިފަދައިން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "އިންޓަރނޭޝަނަލް ޑޭ އޮފް ސޮލިޑެރިޓީ ވިތު ދަ ފަލަސްތީނިއަން ޕީޕަލް" އާ ގުޅިގެން އާންމު މަޖިލީހުގައި ކުރިއަށްދިޔަ ޚާއްސަ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ޝާހިދު ވިދާޅުވީ އިސްރާއީލާއި ފަލަސްތީނާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ރިއާޔަތްކޮށް އެކަން ހައްލުކުރުމަށް އދ އުފެދުނީއްސުރެ އެތައް މަސައްކަތެއް ކުރެވިފައިވާކަމަށެވެ. ނަމަވެސް މި ހުރިހާ މަސައްކަތުންވެސް އެދެވިގެންވާ ނަތީޖާއެއް ނުލިބޭކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ޝާހިދުގެ ވާހަކަފުޅުގައި ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތި ހާލަތު ފާހަގަކުރައްވައި ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްޤުތަކާ ކަރާމާތް ރައްކާތެރިކުރުމަށް މަސައްކަތް ހުއްޓާނުލައްވައި ކުރިއަށް ގެންދެވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމައަށް ގޮވާލެއްވިއެވެ. އަދި އދގެ ޤަރާރުތަކާ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރާކަން ފާހަގަކުރައްވައި، އެކަން ތަކުރާރުކުރެއްވިއެވެ.
ޝާހިދު ވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރުޑަބްލިއުއޭ) އިން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކުރައްވާފައެވެ. އެގޮތުން މި އެޖެންސީން ގެންދަނީ ޖޯރޑަން، ލުބްނާން، ސީރިއާގެ އެކި ސަރަހައްދުތަކުގައި ތިބި 5.6 މިލިއަން ފަލަސްތީނުގެ ރެފިއުޖީންނަށް ތައުލީމާއި، ސިއްހީ ޚިދުމަތާއި، އިޖުތިމާއީ ގޮތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދީ އެމީހުންނަށް އެހީވަމުންނެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދޭން ކުރިއަށް އޮތް ތަނުގައި ކުރެވޭނެ ކަންކަމާ ދޭތެރޭ ވިސްނައި، ރަނގަޅު މަސައްކަތްތަކެއް ކުރުމަށްވެސް ޝާހިދު ވަނީ ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވާފައެވެ. އަދި އެމަނިކުފާނު އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަށްވާނެ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދޭން ކުރާ މަސައްކަތަކީ ނުކޮށް ދޫކޮށްލެވޭނެ ވަރު ކަމެއް ނޫން ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު