އެމަނިކުފާނަކީ ސަރުކާރު ނޫން ކަމަށާއި ގޯތި ދިނުމާއި ފްލެޓް ދިނުމަކީ ސަރުކާރުން ހިންގާ ކަންކަން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވީ މަޖިލީހުގެ އިދާރާއިން ކުރިއަށްގެންދާ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ޕްރޮގްރާމްގައި ރައީސް ނަޝީދު ވިދާޅުވީ ގޯތި ދިނުމާއި ފްލެޓް ދިނުމަކީ ސަރުކާރުން ހިންގާ ކަންކަން ކަމަށާއި އެއީ މިވަގުތު އެމަނިކުފާނަށް ހިންގުމަށް ފުރުސަތު ލިބިފައިވާ ކަންކަން ނޫން ކަމަށެވެ. އެހެން ނަމަވެސް މާލޭގެ ރަށްވެހިންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަންކަމީ ޝައްކު ކުރަށްވާ ކަމެއް ނޫން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑަކީ ސަރުކާރު ނޫން ކަމަށް ތިބޭފުޅުންނަކަށް ގަބޫލެއް ނުކުރެވޭ.. އެ މައްސަލައަށް އަޅުގަނޑުމެން މިހާރު ޙައްލެއް ނުހޯދައިފިނަމަ ދެން ކުރިއަށް އޮތްތަނުގައި ވަރަށް ވަރަށް ބޮޑަށް ރައްޔިތުންނަށް ދަތިވެގެންދާނެ ކަމީ އަޅުގަނޑުމެން ޝައްކު ކުރާ ކަމެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.
އާސްކް ސްޕީކަރ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން ބުރަކޮށް މަސައްކަތް ކޮށްގެން ބޯހިޔާވަހިކަން ރައްޔިތުން އެދޭ މިންވަރަށް ފޯރުކޮށްދޭންޖެހޭ ކަމަށެވެ. އަދި ފްލެޓެއް ދޭނެކަމަށްބުނެ ދަޢުލަތުން ލިޔުމެއް ދީފައިވާނަމަ ފްލެޓް ދޭން ޖެހޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ތެރެއިން ތިން އަހަރުތެރޭގައި 7000 އަށް ވުރެ ގިނަ ޢަދަދެއްގެ ގެދޮރު ބިނާކުރުމުގެ މަސައްކަތް ހަމައެކަނި ގްރޭޓަރ މާލެ ސަރަޙައްދުގައި ހިންގާފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ސަރުކާރަށް 3 އަހަރު ފުރުމާ ދިމާކޮށް ރައީސް އޮފީހުން ޢާއްމު ކޮށްފައިވާ ތަފާސްހިސާބު ދައްކާގޮތުން އެފޯޑަބަލް، 4440 ހައުސިންގް ޔުނިޓްގެ މަސައްކަތް މާލޭ ސަރަޙައްދުގައި މިވަގުތު ދަނީ ކުރިއަށެވެ. ހަމަ އެއާއެކު މިޑްރޭންޖްގެ ޢާމްދަނީ ލިބޭ ޢާއިލާތަކަށް ޚާއްސަކޮށްގެން ޢިމާރާތްކުރާ 640 ހައުސިންގެ މަސައްކަތް ކުރިއަށް ދާއިރު، 1920 ކައުންސިލް ހައުސިންގެ މަސައްކަތްވެސް މިވަގުތު ދަނީ ކުރިއަށެވެ.

ބޯހިޔާވެހިކަމާއި ގުޅޭ ގޮތުން.#AskSpeaker Raees @MohamedNasheed @mvpeoplesmajlis pic.twitter.com/u6WdyTIX71
— 𝗦𝗶𝗺 (@Simwarr) November 30, 2021
އާސްކް ސްޕީކަރ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން ބުރަކޮށް މަސައްކަތް ކޮށްގެން ބޯހިޔާވަހިކަން ރައްޔިތުން އެދޭ މިންވަރަށް ފޯރުކޮށްދޭންޖެހޭ ކަމަށެވެ. އަދި ފްލެޓެއް ދޭނެކަމަށްބުނެ ދަޢުލަތުން ލިޔުމެއް ދީފައިވާނަމަ ފްލެޓް ދޭން ޖެހޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ތެރެއިން ތިން އަހަރުތެރޭގައި 7000 އަށް ވުރެ ގިނަ ޢަދަދެއްގެ ގެދޮރު ބިނާކުރުމުގެ މަސައްކަތް ހަމައެކަނި ގްރޭޓަރ މާލެ ސަރަޙައްދުގައި ހިންގާފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ސަރުކާރަށް 3 އަހަރު ފުރުމާ ދިމާކޮށް ރައީސް އޮފީހުން ޢާއްމު ކޮށްފައިވާ ތަފާސްހިސާބު ދައްކާގޮތުން އެފޯޑަބަލް، 4440 ހައުސިންގް ޔުނިޓްގެ މަސައްކަތް މާލޭ ސަރަޙައްދުގައި މިވަގުތު ދަނީ ކުރިއަށެވެ. ހަމަ އެއާއެކު މިޑްރޭންޖްގެ ޢާމްދަނީ ލިބޭ ޢާއިލާތަކަށް ޚާއްސަކޮށްގެން ޢިމާރާތްކުރާ 640 ހައުސިންގެ މަސައްކަތް ކުރިއަށް ދާއިރު، 1920 ކައުންސިލް ހައުސިންގެ މަސައްކަތްވެސް މިވަގުތު ދަނީ ކުރިއަށެވެ.
ކިޔުންތެރިންގެ ހިޔާލު