ބީއެމްއެލް އިން އެމެރިކަން އެކްސްޕްރެސް ކާޑަށް ހާއްސަކޮށް ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
މި ޕްރޮމޯޝަން އަކީ ބީއެމްއެލް އިން ދޫކޮށްފައިވާ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކަސްޓަަރުން ރާއްޖޭގައި ކުރާ ވިޔަފާރިތަކަށް ހާއްސަ ކުރެވިގެން ކުރިޔަށްދާ ޕްރޮމޯޝަންއެކެވެ. މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުގެ އިތުރުން މަރޗަންޓަށް ވެސް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ގެ ގޮތުގައި ކަސްޓަމަރާއި މަރޗަންޓަށް 50،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބިގެންދާނެ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އައިފޯން 13 ޕްރޯ އެއް ލިބޭނެއެވެ. އަދި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ މަރޗަންޓަށް 25،000 ރުފިޔާ ލިބޭނެއެވެ.
މި ޕްރޮމޯޝަން ކުރިޔަށް ދާނީ 12 ޑިސެންބަރު 2021 އިން 8 ޖަނަވަރީ 2022 ގެ ނިޔަލަށެވެ.
300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،000 އަށް ވުރެ ގިނަ މާރޗެންޓުންނާއެކު ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސްގެ އެކްސްކްލޫސިވް މެންބަރުވެސްމެއެވެ.

ކިޔުންތެރިންގެ ހިޔާލު