އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރު މުހައްމަދު ޝަކީލް މިއަދު ކޮމިޝަންގެ މެންބަރުން ކަމުން އިސްތިއުފާދެއްވައިފި އެވެ.
ޝަކީލް މެންބަރުކަމުން އިސްތިއުފާ ދެއްވާފައި މިވަނީ އޭސީސީގެ ހުރިހާ މެންބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ. ޝަކީލް މެންބަރުކަމުން އިސްތިއުފާ ދެއްވި ސިޓީ މިއަދު ވަނީ ރައީސް އޮފީހަށް ހުށައަޅުއްވާފައެވެ. މީގެ ކުރިން ކޮމިޝަންގެ މެންބަރު އަލީ އަޝްރަފް ވަނީ އޮޑިޓްގެ މަސައްކަތް ފެށުމާއެކު ކޮމިޝަނުން އިސްތިޢުފާ ދެއްވާފައެވެ.
އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މަސައްކަތަށް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ވަނީ އެޖެންޑާ ކޮށްފައެވެ. މީގެ ކުރިން މަޖިލީހުގެ މިިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އޭސީސީގެ މެމްބަރުން މަޤާމުން ވަކިކުރުމަށް ނިންމާފައެވެ.
މިިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީގެ މެމްބަރުން މަޤާމުން ވަކިކުރުމަށް ނިންމާފައިވަނީ މެންބަރުންގެ ޕާރފޯމަންސް އޮޑިޓް ދިރާސާ ކުރުމަށްފަހުއެވެ. މި އޮޑިޓް ކުރިއަށް ގެންދިޔައީ އޮޑިޓް އޮފީސް މެދުވެރިކޮށެވެ.
އޭސީސީގެ މެންބަރުންގެ ޕާފޯމަންސް އޮޑިޓް ހެދުމަށް މަޖިލީހުގެ ކޮމިޓީން ނިންމީ އެކި މައްސަލަތަކާ ގުޅޭގޮތުން އޭސީސީން މަޖިލީހުގައި ތަފާތު އެކި ތާރީހުތައް ދެމުން ވާހަކަ ދެއްކެވި ނަމަވެސް ނަތީޖާއަކާއި ހަމައަށް ގޮސްފައިނުވާކަމަށް ބުނެއެވެ.
އޭސީސީގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، ނާއިބް ރައީސް ފާތުމަތު އަނޫލާ އަދި އައިޝަތު އަބްދުﷲއެވެ.

ކިޔުންތެރިންގެ ހިޔާލު