ކުރީ ސަރުކާރުގެ ގޯސްތައް މި ސަރުކާރުން ތަކުރާރުކުރާނަމަ ފިޔަވަޅު އެޅުމުގެ "ގަޓް" އެބަހުރި ކަމަށް އިސްލާމް ދީނުގެ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޒް ވިދާޅުވެއްޖެއެވެ.
ސަރުކާރު ކޯލިޝަންގެ ޢަދާލަތު ޕާޓީގެ މެންބަރު ޑރ. އިޔާޒް މިމޭރުމުން ވިދާޅުވެފައިވަނީ ރައީސް ޞާލިޙާއި ނައިބު ރައީސް ފައިސަލްގެ އަތުގައި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޝައިޚް އިލްޔާސް ޙުސައިން ހިއްޕަވައިގެން ހުންނަ ފޮޓޯއެއް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢާއްމު ކުރެއްވުމާ ގުޅިގެންނެވެ. އެ ފޮޓޯ އަކީ 2018 ގެ ކެމްޕޭން ދުވަސްވަރުގެ ފޮޓޯއެކެވެ.
ޑރ. ޝަހީމް އެ ފޮޓޯ ޢާއްމުކުރެއްވީ ގްރޭޑް 1 އިން 12 ގެ އިސްލާމާއި ޤުރްއާން މުޤައްރަރުގައިވާ ޤުރްއާނުގެ އާޔަތްތައް އުނިކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަންގާފައިވާކަމަށް ޖަމިއްޔަތުއްސަލަފުގެ ރައީސް އަބްދުﷲ ބިން ޖަނާބް ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ ޝައިޚް އިލްޔާސް މި ސަރުކާރަށް ބައިޢަތު ހިއްޕެވީ ކުރީގެ ސަރުކާރުން ހެދި ގޯސްތައް ތަކުރާރު ނުކޮށް ކަންތައްތައް އިސްލާޙް ކުރުމަށް ކަމަށެވެ.
"އެކަން އެހެން ނުވާނަމަ ދެން އަޅަންޖެހޭ ފިޔަވަޅުވެސް އެޅުއްވުމުގެ "ގަޓް" ހުންނާނެ." ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ ސްކޫލްތަކުގެ އިސްލާމް ފޮތްތަކުން ކީރިތި ޤުރުއާންގެ އާޔަތްތައް އުނިކޮށް އާޔަތްތަކުގެ ނަންބަރާއެކު މާނަ ލިޔުމަށް ތަޢުލީމީ ވުޒާރާއިން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް ފޮނުވިކަމަށް ބުނާ ސިޓީއެއް ވަނީ ޢާއްމު ވެފައެވެ.
އިސްލާމާއި ގުރުއާން ފޮތް ޗާޕުކުރާއިރު އެ ފޮތްތަކުގައި މިހާރު ހުރި ގުރުއާންގެ އާޔަތްތައް އުނިކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ މިނިސްޓްރީން މީގެ ކުރިން ވަނީ ދޮގުކޮށްފައެވެ. ނަމަވެސް ފަހުން ޢާއްމުވި ލިޔުމުގެ ސައްޙަކަންވެސް އެ ވުޒާރާއިން ކަށަވަރުކޮށް ދީފައެއް ނުވެއެވެ.

. @shkilyas e dhebeyfulhun ge athugai hifaa bai'athu hippevee kureege sarukaarun hedhi goas thah repeat nukoh ragalhah kanthah kurevvumah. Ekan ehen nuvaa nama dhen alhan jehey fiyavalhu ves elhvvumuge GUT hunnaane IA.
— Dr.Mohamed Iyaz (@dr_iyaz) December 15, 2021
ރާއްޖޭގެ ސްކޫލްތަކުގެ އިސްލާމް ފޮތްތަކުން ކީރިތި ޤުރުއާންގެ އާޔަތްތައް އުނިކޮށް އާޔަތްތަކުގެ ނަންބަރާއެކު މާނަ ލިޔުމަށް ތަޢުލީމީ ވުޒާރާއިން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް ފޮނުވިކަމަށް ބުނާ ސިޓީއެއް ވަނީ ޢާއްމު ވެފައެވެ.
އިސްލާމާއި ގުރުއާން ފޮތް ޗާޕުކުރާއިރު އެ ފޮތްތަކުގައި މިހާރު ހުރި ގުރުއާންގެ އާޔަތްތައް އުނިކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ މިނިސްޓްރީން މީގެ ކުރިން ވަނީ ދޮގުކޮށްފައެވެ. ނަމަވެސް ފަހުން ޢާއްމުވި ލިޔުމުގެ ސައްޙަކަންވެސް އެ ވުޒާރާއިން ކަށަވަރުކޮށް ދީފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު