އިސްލާާމްފޮތުގައި އޮޅިގެން ކުށްލިޔުމަށްވުރެ ޚަތިމަށް ރިފަރކުރުން ރަނގަޅު ކަމަށް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޖެނެރަލް ދީދީ މިމޭރުމުން ވިދާޅުވެފައިވަނީ ގްރޭޑް 1 އިން 12 ގެ އިސްލާމާއި ޤުރްއާން މުޤައްރަރުގައިވާ ޤުރްއާނުގެ އާޔަތްތައް އުނިކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަންގާފައިވާކަމަށް ޖަމިއްޔަތުއްސަލަފުގެ ރައީސް އަބްދުﷲ ބިން ޖަނާބް ވިދާޅުވުމާ ގުޅިގެން ދީނީ ޢިލްމުވެރިން އެކަމުުގައި ކަންބޮޑުވުން ފާޅު ކުރަށްވަމުން ގެންދަވާތީއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޖެނެރަލް ދީދީ ވިދާޅުވީ އިސްލާާމްފޮތުގައި ކުރިން އޮޅިގެން ކުށް ލިޔެވިފައިވާކަން އެގުނު ކަމަށާއި އޮޅިގެން ކުށްލިޔުމަށް ވުރެ ޚަތިމަށް ރިފަރކުރުން ރަނގަޅު ކަމަށެވެ. އަދި އެއީ މުޅި އިސްލާމްފޮތް އަލުން ޕްރިންޓް ކުރުމުގެ ބަދަލުގައި އެޅުއްވި ފިޔަވަޅެއްތޯ ވެސް ޖެނެރަލް ދީދީ ވަނީ ސުވާލު އުފައްދަވާފައެވެ.
"ރިފަރެންސް ދެއްވުމުން އޭގެ މާނައަކީ ޚަތިމުން ބަލާށޭ. ޚަތިމުގައި ކުށެއް ނުއޮންނާނެ. މިކަން ސާފުކޮށް ރުޅިގަދަ ނުކުރުން މުހިއްމު." ޖެނެރަލް ދީދީ ވިދާޅުވެފައިވެއެވެ.
މި މައްސަލާގައި ސަރުކާރު ކޯލިޝަންގެ ޢަދާލަތު ޕާޓީގެ މެންބަރު ޑރ. އިޔާޒް ވިދާޅުވެފައިވަނީ މި ސަރުކާރަށް ބައިޢަތު ހިއްޕެވީ ކުރީގެ ސަރުކާރުން ހެދި ގޯސްތައް ތަކުރާރު ނުކޮށް ކަންތައްތައް އިސްލާޙް ކުރުމަށް ކަމަށެވެ. އެކަން އެހެން ނުވާނަމަ ދެން އަޅަންޖެހޭ ފިޔަވަޅުވެސް އެޅުއްވުމުގެ "ގަޓް" ހުންނާނެ ކަމަށްވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.
އިސްލާމާއި ގުރުއާން ފޮތް ޗާޕުކުރާއިރު އެ ފޮތްތަކުގައި މިހާރު ހުރި ގުރުއާންގެ އާޔަތްތައް އުނިކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ މިނިސްޓްރީން މީގެ ކުރިން ވަނީ ދޮގުކޮށްފައެވެ. ނަމަވެސް ފަހުން އެކަމާގުޅޭ ލިޔުމެއް ޢާއްމުވެފައިވާއިރު ޢާއްމުވި ލިޔުމުގެ ސައްޙަކަން އެ ވުޒާރާއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

Islaam fothuga keerithi Quraan ge aayaiy thakeh olhifa liyevifa vaa kan kurin engunu e foiy thah alun print kurumuge badhal ga kurevvi kameh thoa? Reference dhevvumun eyge maana akee khathim in balaashey khathim ge kusheh nu onnaane. mikan saafunukoh rulhi gadha nukurun muhimmu
— Ibrahim M Didi (@ibrahimmdidi) December 15, 2021
މި މައްސަލާގައި ސަރުކާރު ކޯލިޝަންގެ ޢަދާލަތު ޕާޓީގެ މެންބަރު ޑރ. އިޔާޒް ވިދާޅުވެފައިވަނީ މި ސަރުކާރަށް ބައިޢަތު ހިއްޕެވީ ކުރީގެ ސަރުކާރުން ހެދި ގޯސްތައް ތަކުރާރު ނުކޮށް ކަންތައްތައް އިސްލާޙް ކުރުމަށް ކަމަށެވެ. އެކަން އެހެން ނުވާނަމަ ދެން އަޅަންޖެހޭ ފިޔަވަޅުވެސް އެޅުއްވުމުގެ "ގަޓް" ހުންނާނެ ކަމަށްވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.
އިސްލާމާއި ގުރުއާން ފޮތް ޗާޕުކުރާއިރު އެ ފޮތްތަކުގައި މިހާރު ހުރި ގުރުއާންގެ އާޔަތްތައް އުނިކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ މިނިސްޓްރީން މީގެ ކުރިން ވަނީ ދޮގުކޮށްފައެވެ. ނަމަވެސް ފަހުން އެކަމާގުޅޭ ލިޔުމެއް ޢާއްމުވެފައިވާއިރު ޢާއްމުވި ލިޔުމުގެ ސައްޙަކަން އެ ވުޒާރާއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު