އިސްލާމް ފޮތްތަކުން ޤުރުއާނުގެ އާޔަތްތައް އުނިކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމުމަށްފަހު އެކަން ބަދަލުކޮށް ޕްރޫފްރީޑްކުރުން ވަރުގަދަކުރަން އެންއައިއީ އަށް އަންގައިފިއެވެ.
ސްކޫލްތަކުގައި ކިޔައިދޭ ގުރުއާން އަދި އިސްލާމް ފޮތްތަކުގައި ހުރި ގުރުއާނުގެ ބައެއް އާޔަތްތަކުގައި ކުށް ހުރި މައްސަލައެއް ފެންމަތިވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުއެވެ.
އެކަމާ ގުޅިގެން މިއަދު ހެނދުނު އެޑިޔުކޭޝަން މިނިސްޓްރީން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ އަލަށް ޗާޕްކޮށްގެން ނެރުނު ބައެއް ފޮތްތަކާއި ކުރީގެ ޗާޕްތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތަކާއި ކަލިމަތައް ލިޔުމުގައި ކުށްހުރިކަން ފާހަގަކުރެވި، މިކަން ހައްލުކުރުމަށް ކުރެވުނު މަޝްވަރާތަކުގައި ޤުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ޚަތިމަށް ނުވަތަ އަންމާފޮތަށް ރިފަރެންސް ދިނުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.
އަދި މިކަން ބަޔާންކޮށް އެންއައިއީއަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި މިގޮތަށް މަޝްވަރާ ކުރެވުނީ އެއްވެސް ހާލެއްގައި ދަރިވަރުން ޤުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތުގައި ނޫންކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެގޮތަށް މަޝްވަރާ ކުރެވުނީ ޤުރުއާން ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރު ނުވާނެގޮތެއް ހެދުމަށާއި މި ފޮތްތައް ނައްތާލާއިރު ޤުރުއާނަށް އިހާނެތިކޮށް ބައެއް ފަހަރު ޢަމަލުކުރެވޭކަމަށް ބައެއް އިލްމުވެރިން ވިދާޅުވާތީކަމަށް އެޑިޔުކޭޝަނުން ބުނެއެވެ.
ނަމަވެސް އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ވިސްނި އަދި ދަރިވަރުންނަށް ކޮންމެ ފަހަރަކު ޚަތިމަށް ނުވަތަ އަންމާފޮތަށް ބެލުމަކީ ދަތި ކަމަކަށް ވާނެތީ އެސިޓީއަށް އަމަލު ނުކުރުމަށް ޖެހިގެން އައި ދުވަހު ވާނީ އެންއައިއީއަށް އަންގާފައިކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ބުނެއެވެ. އަދި ކުރިން ފޮނުވި ސިޓީ ވާނީ ބާތިލްކޮށްފައިކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އިސްލާމް ފޮތާއި ޤުރުއާން ފޮތްތަކުގައި ހުރި ކުށްތައް އިސްލާހުކޮށް ޕްރޫފް ރީޑިންގ އިތުރަށް ވަރުގަދަ ކުރުމަށް ނިންމާފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ބުނެއެވެ. އަދި މިފަހަރު ފޮތްތައް ޗާޕުކުރަން ފޮނުވާއިރު ކުށްތައް އިސްލާހުވެފައިވާކަން ކަށަވަރު ކުރަންވެސް އެންއައިއީއަށް އަންގާފައިވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ބުނެއެވެ.
ރާއްޖޭގެ ސްކޫލްތަކުގެ އިސްލާމް ފޮތްތަކުން ކީރިތި ޤުރުއާންގެ އާޔަތްތައް އުނިކޮށް އާޔަތްތަކުގެ ނަންބަރާއެކު މާނަ ލިޔުމަށް ތަޢުލީމީ ވުޒާރާއިން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް ފޮނުވިކަމަށް ބުނާ ސިޓީއެއް ވަނީ ޢާއްމު ވެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ އާދަމް ސޮއިކޮށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޝަކީބަށް ފޮނުވިކަމަށް ބުނާ ސިޓީއެއްގައި ވަނީ ގްރޭޑް 1 އިން 12 ގެ އިސްލާމާއި ޤުރްއާން ފޮތްތަކުގައިވާ ޤުރްއާންގެ އާޔަތްތައް އުނިކުރުމަށެވެ.
އެ ސިޓީގައި އިތުރަށް ބުނެފައިވަނީ އެ ފޮތްތަކުން ޤުރްއާންގެ އާޔަތްތައް އުނިކޮށް، އާޔަތް ލިޔުމުގެ ބަދަލުގައި ޤުރްއާނުގެ އާޔަތުގެ ނަންބަރު ލިޔެ، ޚަތިމަށް ރިފަރެންސް ދޭ ގޮތަށް ހަމަޖެއްސުމަށެވެ.

ކިޔުންތެރިންގެ ހިޔާލު