ޑެންގީ ހުން ޖެހިގެން ހަ ކުޑަކުއްޖަކު އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ޑެންގީ ހުން ޖެހިގެން ތުއްތު ހަ ކުއްޖަކު އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ ކަމަށެެވެ. އޭގެ ތެރެއިން ބައެއް ކުދިންނަށް ލޭ ވެސް އަޅަން ޖެހިފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ޑެންގީ އާއި ޗިކުންގުންޔާ މި ދުވަސްވަރު ރާއްޖޭގައި ހަލުވި ކަމާއެކު އަންނަނީ ފެތުރެމުންނެވެެ.
ޑެންގީ އަކީ އީޑީސް މަދިރިން ޖައްސާ، ނުރައްކާތެރި ހުމެކެވެ. މި ބަލި ފެތުރެނީ ޑެންގީ ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށް ފަހު އެ މަދިރި ގޮސް އެހެން މީހެއްގެ ގައިގައި ހެފުމުން އެމީހެއްގެ ގަޔަށް ބަލީގެ ވައިރަސް އެރުމުންނެވެ. މި ބަލީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ގަދައަށް ހުން އައުމާއި ގަދައަށް ބޮލުގައި ރިއްސުމާއި މަސްތަކާ ހުޅުތަކުގައި ރިއްސުމެވެެ.
ޑެންގީ ހުން ޖެހި ސީރިއަސް އަލާމަތްތަކުގެ ތެރޭގައި ހަށިގަނޑުން ލޭ އައުމާއި ނޭވާލާން ދަތިވުމާ އެތެރެ ހަށީގެ ގުނަވަންތައް ފެއިލްވުން ހިމެނޭ ކަން ފާހަަގަކޮށްލެވެެއެވެ.

ކިޔުންތެރިންގެ ހިޔާލު