ތ. ކަނޑޫދޫގައި ފާރެއް ވެއްޓި، އަނިޔާވި ކުއްޖާ އެއަރ އެމްބިއުލާންސްގައި މާލެ ގެނެސްފިއެވެ.

ތ. ކަނޑޫދޫގައި އިއްޔެ ގައިމައްޗަށް ފާރެއް ވެއްޓި ބޮޑެތި އަނިތާކެއް ލިބުނީ ޢުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. ކަނޑޫދޫ ސިއްޙީ މަރުކަޒުން ބުނީ މިއަދު ހެނދުނު އެ ކުއްޖާ އެއަރ އެމްބިއުލާންސްގައި މާލެ ފޮނުވާފައިވާ ކަމަށެވެ.

“17 މެއި 2024 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފާރެއްގެދަށުވެ އަނިޔާ ލިބުނު ކުޑަކުއްޖާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ރެފާރކުރުން.” ކަނޑޫދޫ ސިއްޙީ މަރުކަޒުން ބުނެފައިވެއެވެ.

ކަނޑޫދޫ ސިއްޙީ މަރުކަޒުން ވަނީ ކުއްޖާ މާލެ ފޮނުވުމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ކަނޑޫދޫ ސިއްހީ މަރުކަޒުން އެ ކުއްޖާ ބެއްލެވި ޑޮކްޓަރުންނާ ހަވާލާދީ ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މިހާދިސާގައި ކުއްޖާގެ އެތެރެ ހަށްޓަށް ވެސް ވަނީ އަނިޔާވެފައެވެ.

އެކުއްޖާ ގައިމައްޗަށް ވެއްޓިފައިވަނީ ވަރަށް ބާވެ ދުވަސްވެފައިވާ ފާރެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން