މެދުފުށީ ސަޕްލައި ދޯނިން 4 މީހުން ދަތުރުކުރި ކަމަށާއި އެ އުޅަނދު ހޯދަން މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަމުން ދާކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ތިލަފުށިން ފުރައިގެން މ. އަތޮޅު މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުން ދިޔަ “AAA-37” ނަމަކަށް ކިޔާ ދޯނި ކަމަށެވެ.
އެ ދޯނި ހޯދުމުގެ މަސައްކަތުގައި، މޯލްޑިވިއަން ފުލައިޓެއް ޙަރަކާތްތެރި ވަމުންދާ ކަމަށާއި އެ ދޯނިން ހަތަރު މީހުން ދަތުރުކުރި ކަމަށް ދޯނީގެ ވެރިފަރާތުން ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެ ދޯނި ތިލަފުށިން ފުރީ އިއްޔެ ހެނދުނު 6:00 ހާއިރު ކަމަށާއި، އެ ދޯނީގެ ހަބަރެއް ނުވެގެން ކޯސްޓްގާޑަށް ރިޕޯޓު ލިބުނީ އިއްޔެ ހަވީރު 5:20 ގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީވެސް ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު