ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އުފެއްދުމަކީ ތާރިޚީ ފިޔަވަޅެއް ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އުފެދުމުން ދޭހަވަނީ ރައީސް ޑރ މުއިއްޒު ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވަން އަހައްމިއްޔަތުކަން ދެއްވާ މިންވަރު ކަމަށެވެ. އަދި ކުރިޔަށް އޮތީ ދިވެހި ރާއްޖެއަށް ފާގަތި މުސްތަޤްބަލެއްކަމަށް ފައިސަލް ސިފަ ކުރެއްވިއެވެ.



ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ބޭންކްއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން