އިއްޔެ ހެނދުނު ތިން މީހުންނާއެކު ތިލަފުށިން ފުރައިގެން މ. އަތޮޅު މެދުފުށި ރިސޯޓަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފުން މިއަދު ހެނދުނު ބުނީ ގެއްލިގެން ހޯދަމުން ދަނީ މ. އަތޮޅު މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުން ދިޔަ “AAA-37” ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އެ ދޯނީގައި 3 މީހުން ތިބިކަމަށް މަޢުލޫމާތު ލިބެއެވެ.
އެ ދޯނި ތިލަފުށިން ފުރީ އިއްޔެ ހެނދުނު 6:00 ހާއިރު ކަމަށާއި، އެ ދޯނީގެ ހަބަރެއް ނުވެގެން ކޯސްޓްގާޑަށް ރިޕޯޓު ލިބުނީ އިއްޔެ ހަވީރު 5:20 ގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ވައި ގަދަވެ ނުރައްކާތެރި ހާދިސާތައް ހިނގަމުންދާތީ ސަމާލުވާން ކަމާބެހޭ އިދާރާތަކުން މިހާރުވަނީ އިލްތިމާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު