މޯލްޑިިވްސް އިސްލާމިކް ބޭންކްގެ ސީއީއޯ މަޤާމުން ވަކިކޮށްފިއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބޭންކްގެ ސީއީއޯ އިއްތިޝާމް އަބްދުލް މުހައިމިން އެ މަގާމުން ވަކިކުރީ އެ ބޭންކުން ހިންގި ތަހުގީގަށްފަހު ބޭންކިން ދާއިރާގެ ގާނޫނުތަކާއި ގަވައިދުތަކުގައި ބަޔާންކޮށްފައިވާ، މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ގާބިލުކަމުގެ މިންގަނޑުތަކަށް އޭނާ ނުފެތޭތީ ކަމަށެވެ.
އިއްޔެ ބޭއްވި ބޯޑު ބައްދަލުވުމުގައި އިއްތިޝާމް އަބްދުލް މުހައިމިން ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކި ކުރަން ނިންމާފައިވާއިރު އެބޭންކުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ބޭންކްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އަބްދުލް މުހައިމިން ވަގުތީގޮތުން މަސައްކަތުން އެކަހެރި ކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެމްއައިބީގެ އެކްޓިން ސީއީއޯ އަކަށް މިހާރު ހަމަޖައްސާފައި ވަނީ މިހާރުގެ ޗީފް އޮޕަރޭޓިން އޮފިސަރު އަހުމަދު ރިޒާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު