މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ރާއްޖޭގެ ޖުމްލަ ރިޒާވް 943.8 މިލިއަން ޑޮލަރަށް އަރައިފިއެވެ.



އެމްއެމްއޭއިން ޢާއްމު ކޮށްފައިވާ ރާއްޖޭގެ އިޤްތިޞާދީ އަދާހަމަ އުސްއަލިތަކުގައި ވާގޮތުން ނޮވެމްބަރ މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ރިޒާވްގައިހުރީ 943.8 މިލިއަން ޑޮލަރެވެ. ނަމަވެސް އޮކްޓޯބަރ މަސް ނިމުނުއިރު ރިޒާވްގައި 947.6 މިލިއަން ޑޮލަރު ހުއްޓެވެ. އެހެންކަމުން މިއީ 3.8 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. ނަމަވެސް 2020 ވަނަ އަހަރު ރިޒާވްގައި ހުރި 629.9 މިލިއަން ޑޮލަރާ އަޅާބަލާއިރު މިއީ ބޮޑު ކުރިއެރުމެކެވެ.

މިއަހަރުގެ ދެވަނަ ކުއާޓާގައި ރާއްޖޭގެ ޖުމުލަ ރިޒާވްގައި ހުރީ 912.4 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 30 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރު ނިމުނު އިރު ދައުލަތުގެ ރިޒާވްގައި ހުރީ 702.5 މިލިއަން ޑޮލަރެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ރިޒާވް އަށެއް އިންސައްތަ އިތުރުވެފައިވާއިރު، ފުރަތަމަ ކުއާޓަރުގައި ރިޒާވް ހުރީ 844.7 މިލިއަން ޑޮލަރުގައެވެ.

ރާއްޖޭގެ ރިޒާވަށް ހެޔޮ ބަދަލެއް އައިސްފައި މިވަނީ ސަރުކާރުން ވިއްކި ސުކޫކްގެ ފައިސާއާއި އިންޑިއާގެ ކަރަންސީ ސްވޮޕްގެ ސަބަބުންނެވެ. ރާއްޖޭގެ ޖުމްލަ ރިޒާވް އާއްމު ކުރިނަމަވެސް ރާއްޖޭގެ ޔޫޒަބަލް ރިޒާވް އާއްމު ކުރުން އެމްއެމްއޭއިން ވަނީ ހުއްޓާލާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން