ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ)
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ)
ރާއްޖޭގެ މާކެޓް ޢަރަބި ދުނިޔޭގައި ޕްރޮމޯޓް ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) ޖަމިއްޔަތުއް ޞަލަފަށް ގޮވާލައްވައިފިއެވެ.

މެންބަރު ގިޓާ މިމޭރުމުން ވިދާޅުވީ، ރާއްޖޭގައި ހޯމް ސްޓޭ ފަތުރުވެރިކަން ތައާރަފް ކުރުމުން އެކަމަކީ ދަރިންގެ އިއްފަތާއި، އަބުރު ގެއްލި، އާއިލާތައް ރޫޅުމުގެ އިތުރުން މި ގައުމުގެ އިސްލާމީ ސަގާފަތް ގެއްލިގެންދާނެ ކަމެއް ކަމަށް ބުނެ ސަލަފު ޖަމިއްޔާއިންނާއި އަދާލަތު ޕާޓީއަށް ނިސްބަތްވާ ބައެއް ދީނީ އިލްމްވެރިން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ދީނީ ޢިލްމުވެރިންގެ ވާހަކަތަކަށް ރައްދު ދެއްވަމުން މެންބަރު ގިޓާ ވިދާޅުވީ ފަތުރުވެރިންނަކީ ހަމައެކަނި ޔޫރަޕުން އަންނަ ބައެއް ނޫންކަމަށެވެ. އަދި ރާއްޖޭގެ މާކެޓް ޢަރަބި ދުނިޔޭގައި ޕްރޮމޯޓް ކުރުމަށް ޞަލަފަށްވެސް މަސައްކަތް ކުރެވިދާނެ ކަމަށް ގިޓާ ވިދާޅުވިއެވެ.

"ޢަރަބިކަރައިންވެސް ބައިވަރު ފަތުރުވެރިން އެބަ އާދޭ. އެމީހުން ގެންނަން ޞަލަފުންވެސް ބޮޑަށް އުޅުނީމަ ޤައުމަށް ލިބޭ އެއްޗެއް ހަމަ ވާނީ އިތުރު." މެންބަރު ޝިޔާން ވިދާޅުވެފައިވެއެވެ.



ހޯމް ސްޓޭ ތައާރަފް ކުރުމާއި ގުޅިގެން ޖަމިއްޔަތުލް ސަލަފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ހޯމް ސްޓޭ" ތައާރަފްކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމަކީ މާދުރުނޫން މުސްތަގުބަލެއްގައި މި އިސްލާމީ ގައުމުގެ ކުރިއަށް އޮތް ޖީލުގެ އަހްލާގިއްޔާތަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބޭނެ ކަމެއްކަމަށް އެ ޖަމުއިއްޔާއިން ދެކޭ ކަމަށެވެ.

ސަލަފްގެ ބަޔާނުގައި ވަނީ ހޯމް ސްޓޭ ޓޫރިޒަމް ވަގުތުން ހުއްޓާލުމަށްވެސް ސަރުކާރަށް ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން