ހއ.ދިއްދޫގައި ޖޫނިއަރ ކޮލެޖް
ހއ.ދިއްދޫގައި ޖޫނިއަރ ކޮލެޖް
ހއ.ދިއްދޫގައި ޖޫނިއަރ ކޮލެޖެއް އިމާރަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ބޭނުމަށް ހއ. ދިއްދޫގައި ޖޫނިއަރ ކޮލެޖެއް އިމާރަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިންގ މިނިސްޓްރީގެ "އިމާރަތް ކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ޝަރުތު ހަމަވާ ފަރާތްތަކަށް އެކަނި ކަމަށް އިއުލާންގައިވެއެވެ.

މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު މި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު އަށަކުން މެންދުރު ފަހު 2:00 އަށް އެ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް "ބަނޑޭރި ޕޭ" މެދުވެރިިކޮށް ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.

މި މަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ. މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 125000 (އެއްލައްކަ ފަންސަވީސް ހާސް) ރުފިޔާ ހުށައަޅަންޖެހޭއިރު ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރިޚުން ފެށިގެން 148 ދުވަސް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ. މި މަސައްކަތުގެ ބީލަން ހުޅުވާން ނިންމާފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 30 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ފިނޭންސް މިނިސްޓްރީގެ ނޭޝަނަލް ޓެންޑަރގެ ޖަލްސާ ކުރާ މާލަމުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން