ޓާޓާ ކުންފުންޏަށް އޯޑިއޯނާއި ނާދީ ހިންގިބިން ދޭން ނިންމުމުން ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ސަރުކާރަށް ސުވާލުތަކެއް ކުރިމަތި ކުރަށްވައިފިއެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިޔާގެ ޓާޓާ ކުންފުންޏާއި ޙަވާލުކޮށްގެން މާލޭގައި ތަރައްޤީކުރުމަށް ނިންމި ފްލެޓްތައް އެޅުމަށް އޯޑިއޯނާއި ނާދީ ހިންގިބިން އަލުން އެކުންފުންޏަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އެ ކުންފުންޏަށް ބިންތައް ދީފައިވަނީ ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި ސޯޝަލް ހައުސިންގެ 280 ފްލެޓު އަޅަން ޝަރުތުކޮށްފަ އެވެ.
ފްލެޓް އެޅުމުން ޓާޓާ ކުންފުންޏަށް ދޭން ރައީސް ނަޝީދުގެ ސަރުކާރުން އެއްބަސްވި ބިންތައް ރައީސް ޔާމީންގެ ވެރިކަމުގައި، 2017 ވަނަ އަހަރު އަތުލުމަށްފަހު އެހެންތާކުން ޓާޓާއަށް ބިންދޭން ވަނީ ނިންމާފައެވެ. ކުރިން ނިންމާފައިވާ ގޮތަށް އަލުން އެބިންތައް އެކުންފުންޏަށް ދިނުމަށް ނިންމުމާ ގުޅިގެން ސައިރިކްސް ޝަރީފް މިރޭ ވިދާޅުވީ އޯޑިއޯނާއި ނާދީ ހިންގިބިން އިންޑިއާގެ ޓާޓާ ކުންފުނިން ހިފައިގެން އުޅޭތާ އެތަކެއް އަހަރެއްވެއްޖެ ކަމަށެވެ. އަދި ކުރިން ހެދި އެގްރިމެންޓު މިހާރު އޮންނަންޖެހޭނީ މުއްދަތު ހަމަވެފައި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"ކޮން ގާނޫނެއްގެ އަދި ކޮން ގަވައިދެއްގެ ދަށުންތޯ މިދެބިން ބޭރުގެ ކުންފުންޏަކަށް ދެވުނީ؟ އޭސީސީ ކޮބައިތޯ؟" ޝަރީފް ސުވާލު އުފައްދަވާފައިވެއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޓާޓާ ކުންފުންޏަށް މާލޭގައި ދެ ފްލެޓް ޢިމާރާތް އަޅަން ދިނީ އޯޑިއޯން ހުރި ބިމާއި ނާދީ ހުރި ބިމުގެ އިތުރުން ފަޅުރަށެއް ލާޖެއްސުމަށްފަހުއެވެ. މިބިންތަކާއެކު ދެ ފްލެޓް އިމާރާތުގެ ގްރައުންޑާއި ފުރަތަމަ ބުރިވެސް ލިބެނީ ޓާޓާއަށެވެ. ޓާޓާއާއެކު ވެފައިވާ އެއްބަސްވުމަށް ރައީސް ނަޝީދުގެ ސަރުކާރާއި ޑރ. ވަހީދުގެ ވެރިކަމުގައި ވެސް ބަދަލު ތަކެއް ގެނަސްފައި ވެއެވެ.
އަދި ދެ ފްލެޓް އިމާރާތުގެ ބަދަލުގައި ފަޅުރަށް ނުދޭ ގޮތަށް ނިންމައި މާލެއިން ޓާޓާއަށް ދިން ބިން ތަކަށް ވެސް ބަދަލުތަކެއް ގެނައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއެއްބަސްވުމުގެ ދަށުން ރައީސް ޔާމީން ސަރުކާރުން ޓާޓާ ކުންފުންޏަށް މާލޭގެ ބަދަލުގައި ބިން ދީފައިވަނީ ހުޅުމާލެއިންނެވެ.
ރައީސް ނަޝީދުގެ ސަރުކާރުގައި ހިންގި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އިންޑިއާގެ ޓާޓާ ކުންފުންޏާ ހަވާލުކޮށްގެން ފްލެޓް ތަރައްގީކޮށްފައިވަނީ ކުރިން އަރަބިއްޔާ ހުރި ބިމުގައާއި ގާކޮށި ބިމުގައެވެ. މި އިމާރާތްތަކުގެ ފެންވަރު ދަށްކަމަށް ބުނެ އެތަންތަން ލިބުނު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ޝަކުވާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު