އަޑިއަށްދިޔަ އަލަމާ-5 ދޯނީގެ ކެޕްޓަން ހޯދުމަށް ހިންގި އޮޕަރޭޝަން ސަރފޭސް ސާޗަކަށް ބަދަލުކޮށްފިއެވެ.
އަލަމާ ދޯނި އަޑިއަށް ދިޔައީ މިމަހުގެ ތިން ވަނަ ދުވަހު ފ. ފީއަލީން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް އެރޭގެ 10:50 ހާއިރު ވ. ފުސްފަރު ހުޅަނގުންނެވެ.
ދޯނި އަޑިއަށް ދިޔަ ހާދިސާގައި ކަނޑުވި ތިންމީހުންގެ ތެރެއިން ދެ ބިދޭސީން ވަނީ ފެނިފައެވެ. ނަމަވެސް އެ ދޯނީގެ ކައްޕި އާދަމް ޝަފީއު ނުފެންނާތީ، އޭނާ ހޯދުމަށް ކޯސްޓްގާޑުން ވަނީ ހުއްޓުމެއްނެތި މަސައްކަތް ކޮށްފައި ކަމަށާއި އެގޮތުން އޭނާ ހޯދުމަށް ކަނޑާއި ވައިގެ މަގުން 7299.78 އަކަނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށްވެސް އެމްއެންޑީއެފުން މިއަދު ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ދޯނީގެ ކެޕްޓަންގެ އެއްވެސް ނިޝާނެއް މިހާތަނަށް ފެނިފައި ނުވާތީ ކޯސްޓްގާޑުން ހިންގި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަން ވަނީ ސާފޭސް ސާޗަކަށް ބަދަލުކޮށްފައި ކަމަށެވެ.
އަދި ހޯދަމުންދާ ދޯނީގެ ކެޕްޓަންގެ އިތުރު މަޢުލޫމާތެއް ނުވަތަ ނިޝާނެއް ފެނިއްޖެނަމަ މި ސަރަޙައްދުން ދަތުރު ކުރައްވާ ފަރާތްތަކުން، ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅައި ހިއްސާކޮށްދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު