ހިޔާފްލެޓް ލިފްޓް ސަރަޙައްދުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ފަށައިފިއެވެ.
ހިޔާ މަޝްރޫޢުގައި 25 ބުރީގެ 16 ޓަވަރު ހިމެނޭއިރު ކޮންމެ ޓަވަރެއްގައި ޤާއިމްކޮށްފައިވަނީ 4 ލިފްޓެވެ. އެކަމާ ގުޅިގެން ލިފްޓް ހިމެނޭ ސަރަޙައްދުތަކުގައި ބައިބޯވެ ތޮއްޖެހުމަކީ ޢާއްމުކަމެކެވެ.
އެޗްޑީސީން މިއަދު ބުނީ ހިޔާ ފްލެޓްގެ ލިފްޓް ހިމެނޭ ސަރަޙައްދުގައި ތޮއްޖެހުން ކުޑަކުރުމަށްޓަކައި އެ ސަރަޙައްދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރިޔަށް ގެންދާ ކަމަށެވެ.
ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކުގެ ޢަދަދު އިންތިހާއަށް އިތުރުވެފައިވީ ނަމަވެސް އެ ސަރަޙައްދަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން ދަނީ ބުނަމުންނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޢިމާރާތްކުރެއްވި ހިޔާ ފްލެޓްތަކަށް މި ސަރުކާރުން އިހުމާލުވަމުންދާ ކަމުގެ ޝަކުވާގެ އަޑުތައް ގަދަވެފައިވާއިރު ހިޔާފްލެޓްތަކުން ކުނި އުކާލުމާއި އެ ސަރަޙައްދުގެ ދަތުރުފަތުރުގެ ޚިދުމަތަށް އެކަށީގެންވާ ނިޒާމެއް މިއަދާހަމައަށްވެސް ޤާއިމްކުރެވިފައެއް ނުވެއެވެ. އެކަމާ ގުޅިގެން ހިޔާ ސަރަޙައްދުގައި ކުނި ޖަމާވެ ދޭތެރެދޭތެރެއިން ކުނިތަކުގައި ރޯވުމުގެ ޙާދިސާތައްވެސް ދަނީ ހިނގަމުންނެވެ.
މީގެ އިތުރުން ފްލެޓްތައް ހިމެނޭ ސަރަޙައްދުގެ ސަލާމަތީ ކަންތައްތައް ނުބެލެހެއްޓޭކަމުގެ ޝަކުވާގެ އަޑުވެސް ވަނީ ގަދަވެފައެވެ.

Our Facilities Management team is currently working on extending the Hiyaa Flat’s lift lobby area to solve the issue of congestion during peak hours. pic.twitter.com/7IQxICTtGg
— HDC (@hdcmaldives) January 11, 2022
ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކުގެ ޢަދަދު އިންތިހާއަށް އިތުރުވެފައިވީ ނަމަވެސް އެ ސަރަޙައްދަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން ދަނީ ބުނަމުންނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޢިމާރާތްކުރެއްވި ހިޔާ ފްލެޓްތަކަށް މި ސަރުކާރުން އިހުމާލުވަމުންދާ ކަމުގެ ޝަކުވާގެ އަޑުތައް ގަދަވެފައިވާއިރު ހިޔާފްލެޓްތަކުން ކުނި އުކާލުމާއި އެ ސަރަޙައްދުގެ ދަތުރުފަތުރުގެ ޚިދުމަތަށް އެކަށީގެންވާ ނިޒާމެއް މިއަދާހަމައަށްވެސް ޤާއިމްކުރެވިފައެއް ނުވެއެވެ. އެކަމާ ގުޅިގެން ހިޔާ ސަރަޙައްދުގައި ކުނި ޖަމާވެ ދޭތެރެދޭތެރެއިން ކުނިތަކުގައި ރޯވުމުގެ ޙާދިސާތައްވެސް ދަނީ ހިނގަމުންނެވެ.
މީގެ އިތުރުން ފްލެޓްތައް ހިމެނޭ ސަރަޙައްދުގެ ސަލާމަތީ ކަންތައްތައް ނުބެލެހެއްޓޭކަމުގެ ޝަކުވާގެ އަޑުވެސް ވަނީ ގަދަވެފައެވެ.
ކިޔުންތެރިންގެ ހިޔާލު