އައްޑޫ ކެނެރީފް ރިސޯޓު މިއަދު އަލުން ހުޅުވައިފިއެވެ.
ސިންގަޕޫރުގެ ކްރެސަންޑަސް ކުންފުނިން ހިންގަމުން އައި ކެނެރީފް ރިސޯޓް ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކާއެކު ބަންދު ކުރުމާ ގުޅިގެން އައްޑޫ ގެ ގިނަ ބައެއްގެ ވަޒީފާ ގެއްލުނެވެ. ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވިދާޅުވީ ރިސޯޓު އަލުން ހުޅުވުމަށް ސަރުކާރުން ވަރަށްބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށެވެ.
ކެނެރީފް ރިސޯޓް ފުރަތަމަ ހުޅުވަން ނިންމީ މިދިޔަ ޑިސެންބަރު މަހުގެ ފަހުކޮޅުއެވެ. ނަމަވެސް އެކިއެކި ސަބަބުތަކާއި ހެދި އެކަން ލަސްވީއެވެ. އެގޮތުން ރިސޯޓުގެ އާރްއޯ ޕްލާންޓަށް ބޭނުންވާ ތަކެތި ގެންނަން ޖެހެނީ ސީދާ އެމެރިކާއިން ކަމުން ޝިޕިންގް ޑިލޭތަކެއް އައިސްފައިވާ ކަމަށް ކެނެރީފުން ރިސޯޓުން ބުނެއެވެ.
271 ކޮޓަރި ހުންނަ ކެނެރީފަކީ އައްޑޫގައި އޮތް އެންމެ ބޮޑު ރިސޯޓެވެ. އެރިސޯޓު ހުޅުވުމަށްޓަކައި އޮޕަރޭޝަނަށް ގެންނަ 145 ކޮޓަރީގެ ތެރެއިން 140 ކޮޓަރި ރިސޯޓު ލައިފް ކުންފުނިން ގަނެފައިވާކަމަށް ކެނެރީފުން ބުނެއެވެ. އެހެން ކަމުން ރިސޯޓުގެ އޮޕަރޭޝަން އަލުން ފަށާފައިވަނީ ފުލް އޮކިއުޕެންސީއެއްގައެވެ.
ކޯވިޑާއި ގުޅިގެން ބަންދުކޮށްފައި އޮތް ކެނަރީފް ރިސޯޓަކީ 2007 ވަނަ އަހަރު ފަތުރުވެރިކަމަށް ހުޅުވި ރިސޯޓެކެވެ. ކެނެރީފް އަލުން ހުޅުވާފައިވާއިރު އައްޑޫ ސިޓީގެ ޝަންގްރިއްލާ އޮތީ ބަންދުކޮށްފައެވެ. ކެނެރީފް ރިސޯޓް އަލުން ހުޅުވާފައި ވާއިރު ސްރީލަންކަންގެ ޗާޓަރ ދަތުރުތައް ވެސް މިދިޔަ އަހަރު ފަހުކޮޅު އައްޑޫއަށް ވަނީ ފަށާފައެވެ.
ކޯވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަން އަނެއްކާވެސް ކުރިއަރަމުންދާ އިރު، މިހާރު ނުހުޅުވި އޮތީ ދެތިން ރިޒޯޓެކެވެ. އެހެން ހުރިހާ ތަނެއް މިހާރު އޮޕަރޭޝަނަށް ގެނެސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު