އެމްއެންޑީއެފް ކޯސްޓްގާޑް
އެމްއެންޑީއެފް ކޯސްޓްގާޑް
އދ. މަންދޫ ކައިރިއަށް އިއްޔެ ޑައިވިންއަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެންނަކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، އދ. މަންދޫ ކައިރި ފަރަކަށް ޑައިވް ކުރަން ފޭބި 69 އަހަރުގެ އިނގިރޭސިވިލާތުގެ ފަތުރުވެރިއަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ފަތުރުވެރިޔާ ޑައިވިނަށް ފޭބީ އިއްޔެ މެންދުރު ފަހު 14:30 ހާއިރު "ގޮމަ" ނަމަކަށް ކިޔާ ދޯންޏަކުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އޭނަ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އަދި ފެނިފައިނުވާކަމަށާއި، އެމީހާއާއެކު އިތުރު ޑައިވަރުންވެސް އެ ފަރަށް ޑައިވްކުރަން ފޭބިކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން ބުނީ، ފަތުރުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް “ވެލާނާ” ދަނީ ޑައިވަރުންނާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންކަމަށެވެ. ސާފޭސް ސާރޗްގެ އިތުރުން، ޑައިވް ކޮށްގެން، ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މިމަސައްކަތުގައި އެސަރަހައްދުގެ ރިސޯޓްތަކުގެ ޑައިވަރުން ވެސް ހަރަކާތްތެރިވަމުންދާކަމަށާއި، މިއަދު ވައިގެ މަގުންވެސް ސާރޗްކުރިއަށް ދާނެކަމުގައި އެމްއެންޑީއެފުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން