މެދު ހެންވޭރު ދާއިރާގެ ކައުންސިލަރ އާދަމް ރަމީޒް (މ) | ފޮޓޯ: މާލޭ ސިޓީ ކައުންސިލް
މެދު ހެންވޭރު ދާއިރާގެ ކައުންސިލަރ އާދަމް ރަމީޒް (މ) | ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ހައުސިންގ މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރ އަކްްރަމް ކަމާލުއްދީނަކީ އޯޓިސްޓިކް ބޭފުޅެއްކަމަށް ވިދާޅުވުމަށްފަހު މާލޭ ސިޓީގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރ އާދަމް ރަމީޒް އެކަމަށް މާފަށް އެދިވަޑައިގެންފިއެވެ.

މިއަދު އޮތް މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ކައުންސިލަރ އާދަމް ރަމީޒް ވިދާޅުވީ ސަރުކާރުގެ ބައެއް ވުޒާރާތަކުގައި އޯޓިސްޓިކް ކުދިން ތިބޭ ކަމަށެވެ. އެގޮތުން އަކްރަމް ކަމާލުއްދީނަކީ އޭގެ ކުއްޖެއް ކަމަށް އާދަމް ރަމީޒް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މީސްމީޑިއާގައި ޢާއްމުންގެ ނުރުހުން އަމާޒުވުމުން އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަކްރަމަށް ނިސްބަތްކޮށް އެފަދަ ބަހެއް ބުނެވުނީތީ މާފަށް އެދިލައްވާ ކަމަށެވެ.

"އެއީ އެއްގޮތަކަށްވެސް އޯޓިސްޓިކް ކުދިންނަށް ކުޑައިމީސް ބަހެއްގެ ގޮތުުގައި ދެކެވަޑައިނުގަތުން އެދެން. ވަރަށް ބޮޑަށް މާފު." އާދަމް ރަމީޒް ވިދާޅުވިއެވެ.



މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަށްވަމުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އައިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވީ ސިޓީ ކައުންސިލް ޖަލްސާގައި ހާއްްސައެހީއަށް ބޭނުންވާ ކުދިންނަށް ހަޖޫ ޖަހާ މަލާމަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.



ރަމީޒު މިއަދު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ކަމެއް ކުރަން ތައްޔާރުވާއިރަށް އެކަމެއް ނުވާނެ ކަމަށް ވިދާޅުވެ އަކްރަމް ސިޓީ ފޮނުއްވާ ކަމަށެވެ. އަކްރަމަށް ސިޓީ ފޮނުއްވެން އޮތުމުން ސިޓީ ފޮނުއްވި ނަމަވެސް ޤާނޫނުގައި އޮތް އެއްޗެއް އަކްރަމް ނުބައްލަވާކަމަށް އާދަމް ރަމީޒް ވިދާޅުވިއެވެ.

މިއަދުގެ ކައުންސިލް ބައްދަލުވުމުގައި އާދަމް ރަމީޒް އެފަދަ ބަސްފުޅެއް ވިދާޅުވުމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރ ޑރ. މުޢިއްޒުވެސް ވަނީ އާދަމް ރަމީޒްގެ ވާހަކަ ހުއްޓުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން