ށ. ފީވަކުގެ ފުޓްބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށް ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް ޓާފް ގެންނާނެ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން 2.68 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގި ށ. ފީވަށް ފުޓްބޯޅަދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާފައި ވަނީ 2 ޖެނުވަރީ 2022 ގައެވެ. ށ. ފީވަކަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރ މަޙްލޫފް މިއަދު ވިދާޅުވީ ށ. ފީވަކު ދަނޑަށް ބޭނުންވާ ޓާފް ގެނައުމަށް ވަރަށް އަވަހަށް ސޮއިކުރެވި ވަށާފާރާއި ފެންސުޖެހުން ކައުންސިލާއި ހަވާލުކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން އެރަށުގެ ކަނބަލުން އެދުނުގޮތަށް އައުޓްޑޯ ޖިމްވެސް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ފީވަކު ފުޓުބޯޅަ ދަނޑު ވަރަށް އަވަހަށް ނިންމަވާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވާއިރު މި ސަރުކާރުގެ ވޭތުވެދިޔަ 3 އަހަރުތެރޭ ވަނީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ 12 މަސައްކަތް ނިންމާފައެވެ.

ށ. ފީވަކު ދަނޑުގެ ސަބްބޭސް މަސައްކަތް ވަނީ ނިންމާލެވިފަ. ޓާފް ގެނައުމަށް ވަރަށް އަވަހަށް ސޮއިކުރެވި ވަށާފާރާއި ފެންސުޖެހުން ކައުންސިލް އާއި ހަވާލުކުރެވޭނެ. ކަނބަލުން އެދުނުގޮތަށް އައުޓްޑޯ ޖިމް އިރާދަކުރެއްވިއްޔާ ހަމަޖެހޭނެ. pic.twitter.com/YaXq3b7GlQ
— Ahmed Mahloof (@AhmedMahloof) January 25, 2022
ފީވަކު ފުޓުބޯޅަ ދަނޑު ވަރަށް އަވަހަށް ނިންމަވާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވާއިރު މި ސަރުކާރުގެ ވޭތުވެދިޔަ 3 އަހަރުތެރޭ ވަނީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ 12 މަސައްކަތް ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު