ކޮވިޑްގެ ހާލަތު ރަނގަޅު ވަންދެން ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފްގެ މައްސަލަ ފެށުން ފަސްކޮށްފިއެވެ.
މަހްލޫފްގެ މައްސަލައިގެ އަޑުއެހުން އެންމެފަހުން ތާވަލުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް ކްރިމިނަލް ކޯޓުންވަނީ އިދާރީ ސަބަބަކާހުރެ، އެމައްސަލަ ކެންސަލް ކޮށްފައެވެ.
މަހުލޫފަށް ކުރާ ދައުވާތަކުގެ ޝަރީއަތްތައް ތާވަލު ކުރުމާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުން ބުނީ، މައްސަލަ ކުރިޔަށް ގެންދެވެން އޮތީ މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތައް ކޯޓަށް ހާޒިރުވެގެންކަމަށާއި، އެހެންކަމުން ކޯވިޑު-19 ގެ ހާލަތު ރަނގަޅުވުމުން މައްސަލަ ޝެޑިއުލް ކުރާނެކަމަށެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ރިޝްވަތުގެ ދައުވާ މަހުލޫފުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.
މަހުލޫފަށް ރިޝްވަތުގެ ފައިސާ ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ޢަބްދުލްޣަފޫރު ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އޭސީސީން މީގެ ކުރިން ބުނެފައިވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަހުލޫފަށް ދިން 33،000 އެމެރިކާ ޑޮލަރު، އޭނާގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް ސެޕްޓެމްބަރު 1، 2014 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
މަހްލޫފްގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުންނެވެ. އެމައްސަލާގައި ހެކި ހޯދުމާއި މައްސަލައިގެ ތަހުގީގުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ މައްސަލަތަކެއް މަޙްލޫފްގެ ފަރާތުންވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ޗެއިން އޮފް ކަސްޓަޑީއެއްނެތް ޗެޓްލޮގެއްގެ އެނެލެސިސް ހެދި ކަމަށް ބުނާ ފޮރެންސިކު ކުންފުންޏެއްގެ ހެކިބަސް ހޯދަން އަމަލުކުރި ގޮތާއި ސްރީލަންކާގެ ރައްޔިތެއްގެ ބަޔާން އެ ގައުމުގެ ގާނޫނުތަކާއި އަދި ރާއްޖޭގެ ގާނޫނުތަކާވެސް ހިލާފަށް ނެގުން ފަދަ މައްސަލަތަކެއް ފާހަގަކޮށްފައިވެއެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ދައުލަތުން އުފުލާފައިވާއިރު އަދިވެސް އޭނާއާއި މެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށްވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު