ޤަވާއިދުން ޝާއިޢުނުކުރާ ނޫސްތައް އުވައިލުމަށް ދާޚިލީ ވުޒާރާއިން ނިންމައިފިއެވެ.
ދާޚިލީ ވުޒާރާއިން އިއްޔެ ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ޤަވާއިދުން ޝާއިޢުނުކުރާ 52 ނޫސް މަޖައްލާ އުވައިލަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އުވައިލުމަށް ނިންމާފައިވަނީ ނޫސް މަޖައްލާފަދަ ތަކެތީގެ ޤާނޫނުގެ ދަށުން 2019 ޑިސެމްބަރު 31 ގެ ނިޔަލަށް އެވުޒާރާގައި ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާ އަދި އޮންލައިން ނޫސްތަކުގެ ތެރެއިން ގަވާއިދުން ޝާއިއުނުކުރާ ނޫސްތަކެވެ.
ދާޚިލީ ވުޒާރާއިން ވަނީ ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާ އަދި އޮންލައިން ނޫސްތަކުގެ ތެރެއިން ގަވާއިދުން ޝާއިއުނުކުރާ ނޫސްތަކުގެ ލިސްޓެއް ޢާންމުކޮށްފައެވެ. އެ ލިސްޓުގައި 46 އޮންލައިން ނޫހަކާއި, 03 މަޖައްލާއަކާއި, 02 ވެބްސައިޓް އަދި ދުވަހު ނޫހެއް ހިމެނެއެވެ.
އެ ނޫސްތައް މި މަހުގެ 28 އިން ފެށިގެން ނޫސްމަޖައްލާގެ ދަފުތަރުން އުނިކުރާނެކަމަށް ދާޚިލީ ވުޒާރާގެ އިޢުލާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު