ހިޔާާ ފްލެޓްތަކުން ކުނި އުކާލުމުގައި ވެމްކޯގެ މުވައްޒަފުން ޙަރަކާތްތެރިވަނީ
ހިޔާާ ފްލެޓްތަކުން ކުނި އުކާލުމުގައި ވެމްކޯގެ މުވައްޒަފުން ޙަރަކާތްތެރިވަނީ
ހިޔާ ފްލެޓުން ނަގާ ކުންޏަށް ބިލް ނުކުރާގޮތަށް ހަމަޖައްސާފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯއިން ބުނީ، އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާ އަދާކުރުމުގެ ގޮތުން ވަކިގޮތެއް އަންގަންދެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި އުފެދޭ ކުނި އުކާލުމަށް ބިލް ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އޭގެއިތުރުން ވެމްކޯގެ މުވައްޒަފުން ކޮންމެ ދުވަހަކުވެސް ހިޔާ ސަރަޙައްދުން 100 ޑަސްބިނުގެ ކުނި ނައްތާލާ ކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.



ހިޔާ ފްލެޓުތައް ސަރަހައްދުގައި ކުނި މެނޭޖުކުރާނެ އިންތިޒާމެއް ނެތުމަކީ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއެވެ. އެކަމާ ގުޅިގެން އެޗްޑީސީންވެސް ވަނީ "ހިޔާ" ޓަވަރުތައް ހިމެނޭ ސަރަޙައްދުގައި ހުރި ކުނި ފުނިތައް ސާފުކޮށްފައެވެ.

ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކުގެ ޢަދަދު އިންތިހާއަށް އިތުރުވެފައިވީ ނަމަވެސް އެ ސަރަޙައްދަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން ދަނީ ބުނަމުންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޢިމާރާތްކުރެއްވި ހިޔާ ފްލެޓްތަކަށް މި ސަރުކާރުން އިހުމާލުވަމުންދާ ކަމުގެ ޝަކުވާގެ އަޑުތައް ގަދަވެފައިވާއިރު އެ ސަރަޙައްދުގެ ދަތުރުފަތުރުގެ ޚިދުމަތަށް އެކަށީގެންވާ ނިޒާމެއް މިއަދާހަމައަށްވެސް ޤާއިމްކުރެވިފައެއް ނުވެއެވެ. މީގެ އިތުރުން ފްލެޓްތައް ހިމެނޭ ސަރަޙައްދުގެ ސަލާމަތީ ކަންތައްތައް ނުބެލެހެއްޓޭކަމުގެ ޝަކުވާގެ އަޑުވެސް ވަނީ ގަދަވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން