ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ވޯޓު ގުނުމަށްފަހު އެފޮއްޓެއްގެ ވަގުތީ ނަތީޖާ އިއުލާނުކުރާނީ ވޯޓުލީ މަރުކަޒެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އެހެން އިންތިޚާބުތަކެކޭ އެއްގޮތަށް، 2022 ފެބުރުއަރީ 5 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންތަކުގައިވެސް ވޯޓުލާ މަރުކަޒުގައި ވޯޓު ގުނުމަށްފަހު އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ އެ މަރުކަޒެއްގައި އިޢުލާަނު ކުރާނެ ކަމަށެވެ.
އަދި ހަމަ އެދުވަހު ދާއިރާތަކުގެ ޖުމްލަ ވަގުތީ ނަތީޖާވެސް އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކުރާނެކަމަށް އީސީން ވަނީ ބުނެފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އިތުރުން ހޮނިހިރު ދުވަހު ބާއްވާ އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުތަކުގެ ވަގުތީ ނަތީޖާވެސް އިއުލާނުކުރާނީ ހަމަ ކުރިންވެސް ޢަމަލުކުރަމުންއައި ގޮތަށްކަމަށް އީސީން ވަނީ ބުނެފައެވެ.
އަންނަ ހޮނިހިރުދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީން ވާދަކުރެއެވެ. މި އިންތިހާބަކީ އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބަށްފަހު އެންމެ ފޯރިގަދަކޮށް ކުރިއަށްދާ އިންތިހާބެވެ.

އަދި ހަމަ އެދުވަހު ދާއިރާތަކުގެ ޖުމްލަ ވަގުތީ ނަތީޖާވެސް އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކުރާނެކަމުގައި ދެންނެވިން 2/2
— Elections Commission (@ElectionsMv) January 29, 2022
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އިތުރުން ހޮނިހިރު ދުވަހު ބާއްވާ އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުތަކުގެ ވަގުތީ ނަތީޖާވެސް އިއުލާނުކުރާނީ ހަމަ ކުރިންވެސް ޢަމަލުކުރަމުންއައި ގޮތަށްކަމަށް އީސީން ވަނީ ބުނެފައެވެ.
އަންނަ ހޮނިހިރުދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީން ވާދަކުރެއެވެ. މި އިންތިހާބަކީ އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބަށްފަހު އެންމެ ފޯރިގަދަކޮށް ކުރިއަށްދާ އިންތިހާބެވެ.
ކިޔުންތެރިންގެ ހިޔާލު