ކުށްކުރާ ކުޑަކުދިން ބޭތިއްބުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލުގައި ޤާއިމްކުރި ޖުވެނައިލް ޑިޓެންޝަން ސެންޓަރ ހުޅުވައިފިއެވެ.
މި ސެންޓަރަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު އަދި ޔުނައިޓެޑް ނޭޝަންސްގެ މިނިމަމް ސްޓޭންޑަރޑް ފޮރ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަސް (މަންޑޭލާ ރޫލްސް) ގައި ބަޔާންކޮށްފައިވާ ކަންތައްތަކާ އެއްގޮތަށް ޤާއިމްކުރެވުނު ސެންޓަރެކެވެ. މި ސެންޓަރުގެ ކޮންމެ ގޮޅިއެއްގައި 02 ކުދިންގެ ޖާގަ ހުންނައިރު ޖުމްލަ 08 ގޮޅި މި ސެންޓަރުގައި އެކުލެވިގެންވެއެވެ. މި ސެންޓަރުގައި މަސައްކަތްކުރުމަށް ޖުމްލަ 16 އޮފިސަރުން ވަނީ ތަމްރީން ކޮށްފައެވެ.
ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ މަރުކަޒުން ކުރެވޭ މަސައްކަތުގެ ނަތީޖާ ނިކުންނާނީ މިކަން ހިންގުމުގައި އެކި ގޮތްގޮތުން ޝާމިލްވާ ދަޢުލަތުގެ މުވައްސަސާތަކުގެ ތެރެއިން މުޙިއްމު 5 މުވައްސަސާއެއް މަސައްކަތްކޮށްގެން ކަމަށެވެ. އަދި ކޮންމެ މުޖްތަމަޢުއެއްގައިވެސް އެ މުޖްތަމަޢުއެއްގެ މިންގަނޑުތަކުން ބޭރުވާ މީހުންނާއި ކުޑަކުދިން ތިބެދާނެކަމަށާއި، އެ ކުދިންނާއި މީހުންނާ މުޢާމަލާތްކުރުމުގައި އެ ފަރާތްތަކަށް ރިއާޢަތްކޮށް މުޢާމަލާތްކުރުމަކީ އިސްލާމްދީން ދަސްކޮށްދެއްވާ ކަމެއްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން މަރުކަޒު ބަލަހައްޓާ މުވައްޒަފުންނަކީ އެހެން މީހުންނަށްވުރެ ކެތްތެރި، އިޙްސާންތެރި ބަޔަކަށްވެ، އެ ކުދިންގެ ކިބައިން ފެންނަ ނޭދޭވޭ ކަންތައްތަކުން އެ ކުދިން ސަލާމަތްކުރުމަށް މަސައްކަތްކޮށް، އެ ކުދިން މުޖްތަމަޢުއަށާއި ޢާއިލާއަށް އަނބުރާ ދެވޭނެ ބަޔަކަށް ހަދައި އެ ކުދިންނާ މުޢާމަލާތްކޮށް ރިވެތި އަޙްލާޤު ދަސްކޮށްދޭނެ ބަޔަކަށްވާން ޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ސެންޓަރ ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އައްޝެއިޚް އިމްރާން ޢަބްދުﷲއެވެ. މިރަސްމިއްޔާތުގައި ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސެއިން ޝަމީމާއި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއަރޒް އަލްފާޟިލް ޢަލީ ނަޒީރާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅާއި ޖުވެނައިލް ކޯޓުގެ އިސް ޣާޒީ އަލްއުސްތާޛް ޙަސަން ސަޢީދު އިބްރާހިމް ބައިވެރިވެލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު