އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ ގޮނޑިއަށް ރާއްޖެ އިންތިޚާބުކުރުމަށް ތުރުކީވިލާތުން ތާޢީދުކޮށްފިއެވެ.
އަންނަ އަހަރު އޮންނަ އދ.ގެ އިންސާނީ ހައްގުތަކާއިބެހޭ ކައުންސިލްގެ ގޮނޑީގެ އިންތިޚާބުގައި ރާއްޖެއިން ކުރިމަތިިލާން ނިންމާފައިވަނީ، 2023-2025 އަށް ދެމިގެންދާ ދައުރަށެވެ. ތުރުކީގެ ފޮރިން މިނިސްޓަރ މެވްލުތު ޝަވްޝަގްލޫ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ޕްރެސް ސްޓޭޓްމަންޓްގައި ވަނީ އެ އިންތިޚާބުގައި ރާއްޖެއަށް ތާޢީދުކުރާނެކަން ހާމަކުރަށްވާފައެވެ.
ތުރުކީގެ ފޮރިން މިނިސްޓަރ ވަނީ ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތު ކުރަމުން އަންނަ މައްސަލަތަކަށާއި، އަދާކުރާ ދައުރަށް ތުރުކީވިލާތުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖެއިން އެ ގޮނޑިއަށް އިންތިޚާބުވުމަށް ތުރުކީވިލާތުގެ ވޯޓަކީ މުހިންމު ވޯޓެއްކަމަށެވެ. އަދި އެ ނިންމެވުމަށް ތުރުކީވިލާތުގެ ޚާރިޖީ ވަޒީރަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ ގޮނޑިއަށް ރާއްޖެއިން ވާދަކުރާނެކަން އިއުލާނު ކޮށްފައިވަނީ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައި 2020 ފެބުރުއަރީ މަހުގެ 25ގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުއެވެ.
ރާއްޖެއިން ވަނީ 2010 އިން 2013 އަށް، އަދި 2013 އިން 2016 އަށް، އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުގެ މެންބަރުކަން އަދާކޮށްފައެވެ. ހިއުމަން ރައިޓްސް ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮތް މުއްދަތުގައި ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ވޮލަންޓަރީ ޓްރަސްޓް ފަންޑު ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް އުފެދިގެން ދިޔައެވެ.
އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލު އެކުލެވިގެން ވަނީ، އެފްރިކާގެ 13 ގައުމަކާއި، އޭޝިއާގެ 13 ގައުމަކާއި، އިރުމަތީ ވިލާތުގެ 6 ގައުމަކާއި، ލެޓިން އެމެރިކާ އާއި ކެރީބިއަންގެ 8 ގައުމަކާއި، ދެކުނު ވިލާތާއި އެހެނިހެން ގައުމުތައް ހިމެނޭގޮތަށް 7 ގައުމަކާއިއެކު، ޖުމްލަ 47 ގައުމެއްގެ މައްޗަށެވެ.

Thank you Minister @MevlutCavusoglu for committing to support the Maldives' candidature for the @UN_HRC for the term 2023-2025!
— Abdulla Shahid (@abdulla_shahid) January 30, 2022
This is a vote of trust in the important role the Maldives is playing in the international arena & a testament to the close relations of 🇲🇻🇹🇷 pic.twitter.com/Nq7NbZXvKv
އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ ގޮނޑިއަށް ރާއްޖެއިން ވާދަކުރާނެކަން އިއުލާނު ކޮށްފައިވަނީ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައި 2020 ފެބުރުއަރީ މަހުގެ 25ގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުއެވެ.
ރާއްޖެއިން ވަނީ 2010 އިން 2013 އަށް، އަދި 2013 އިން 2016 އަށް، އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުގެ މެންބަރުކަން އަދާކޮށްފައެވެ. ހިއުމަން ރައިޓްސް ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮތް މުއްދަތުގައި ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ވޮލަންޓަރީ ޓްރަސްޓް ފަންޑު ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް އުފެދިގެން ދިޔައެވެ.
އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލު އެކުލެވިގެން ވަނީ، އެފްރިކާގެ 13 ގައުމަކާއި، އޭޝިއާގެ 13 ގައުމަކާއި، އިރުމަތީ ވިލާތުގެ 6 ގައުމަކާއި، ލެޓިން އެމެރިކާ އާއި ކެރީބިއަންގެ 8 ގައުމަކާއި، ދެކުނު ވިލާތާއި އެހެނިހެން ގައުމުތައް ހިމެނޭގޮތަށް 7 ގައުމަކާއިއެކު، ޖުމްލަ 47 ގައުމެއްގެ މައްޗަށެވެ.
ކިޔުންތެރިންގެ ހިޔާލު