6 މީހުންނާއެކު ނ.ކުރެއްދިވަރު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި ލޯންޗެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ “ޒެން 1” ނަމަކަށް ކިޔާ ލޯންޗެއް ފަރަށް އަރައިގެން އެކަމުގެ ރިޕޯޓް ލިބިފައި ވާކަމަށެވެ.

މި ލޯންޗް އަރާފައިވަނީ ޅ. ގާއެރި ފަރަށް ކަމަށާއި އެމްއެންޑީއެފްގެ ނޮދާރން އޭރިއާގެ ކޯސްޓް ގާރޑު ސްކޮޑްރޮން އިން މިހާރު އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނީ މި ހާދިސާގެ ހަބަރު ލިބިފައިވަނީ ރޭ ފަތިހު 04:31 ހާއިރު ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިފައި ވާކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން