މާލޭގެ ރަށްވެހިންނަށް ޙައްޤު މިންވަރަކީ އެންމެ ދެތިން ހާސް ގޯއްޗާއި ހައެއްްކަ ހާސް ފްލެޓްނޫން ކަމަށް މާލޭސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މުއިއްޒު މިއަދު ވިދާޅުވީ މާލޭ ރައްޔިތުންނަށް ހުޅުމާލެއިން މަދުވެގެން 4000 ގޯތި ދެވެން އެބައޮތް ކަމަށާއި، ގުޅިފަޅު ހިއްކައިގެން މަދުވެގެން 10،000 ގޯތި ދެވެން އެބައޮތް ކަމަށެވެ. އޭގެއިތުރުން ހުޅުމާލެއިން 15000 ފްލެޓާއި، ގުޅިފަޅުން 25،000 ފްލެޓް ދެވެން އެބައޮތްކަން ވެސް މޭޔަރު ވިދާޅުވިއެވެ.
"މާލޭ ރަށްވެހިންނަށް ޙައްޤު މިންވަރަކީ އެންމެ ދެތިން ހާސް ގޯއްޗާއި ހައެއްްކަ ހާސް ފްލެޓެއްނޫން." މުޢިއްޒު ވިދާޅުވެފައިވެއެވެ.
މާލޭގެ ރައްޔިތުންގެ ގޯތި ގެދޮރުގެ މައްސަލައަކީ ހަގީގަތުގައިވެސް ބޮޑު މައްސަލައެއް ކަމަށާއި އެވާހަކަ ދައްކާ ވަރަށް ގިނަ ރައްޔިތުންތަކެއް އެބަތިބި ކަމަށް ރައީސް ޞާލިޙް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް ސިޔާސީ އެކިއެކި ފައިދާ ހޯދުމަށްޓަކައި ކަނޑައެޅިގެން ކަންއޮތްގޮތް އެނގިތިބެ އެނޫން ގޮތްގޮތަށް ވާހަކަ ދައްކާ މީހުންވެސް އެބަ އުޅޭ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
އެގޮތުން މިހާރުވެސް ހުޅުމާލޭގައި 5000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ރާވާފައި އެބަ އޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގޯތި ދޭނީ ގުޅިފަޅުންނާއި ހުޅުމާލޭން އެކަނި ނޫން ކަމަށާއި އެހެން ފަޅުތަކުންވެސް ގޯތި ދޭނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުމެން ގޯތި ދޭނީ ގުޅިފަޅުން އެކަންޏެއްނޫން. ހުޅުމާލެއިންވެސް ގޯތި ދެވޭނެ. އަދި އެހެން ފަޅުތަކުންވެސް ލިބޭނެ. އަޅުގަނޑުމެން މި ދައްކަނީ 1000 ގޯތީގެ ވާހަކައެއް ނޫން. އޭގެ ދެގުނަ ތިންގުނަ، އިރާދަކުރެއްވިއްޔާ ހަތަރު ގުނަ ގޯތި މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދު ރަނުން ރަނަށް ފުއްދުމުގައި މި ސަރުކާރުން ވަނީ އެންމެ ތިން އަހަރުތެރޭގައި 7000 އަށް ވުރެ ގިނަ ޢަދަދެއްގެ ގެދޮރު ބިނާކުރުމުގެ މަސައްކަތް ހަމައެކަނި ގްރޭޓަރ މާލެ ސަރަޙައްދުގައި ހިންގާފައެވެ. އެގޮތުން އެފޯޑަބަލް، 4440 ހައުސިންގް ޔުނިޓްގެ މަސައްކަތް މާލޭ ސަރަޙައްދުގައި މިވަގުތު ދަނީ ކުރިއަށެވެ. ހަމަ އެއާއެކު މިޑްރޭންޖްގެ ޢާމްދަނީ ލިބޭ ޢާއިލާތަކަށް ޚާއްސަކޮށްގެން ޢިމާރާތްކުރާ 640 ހައުސިންގެ މަސައްކަތް ކުރިއަށް ދާއިރު، 1920 ކައުންސިލް ހައުސިންގެ މަސައްކަތްވެސް މިވަގުތު ދަނީ ކުރިއަށެވެ.

މާލޭ ރަށްވެހިންނަށް ޙައްޤު މިންވަރަކީ އެންމެ ދެތިން ހާސް ގޯއްޗާއި ހައެއްްކަ ހާސް ފްލެޓެއްނޫން. ހުޅުމާލެއިން މަދުވެގެން 4000 ގޯތި ދެވެން އެބައޮތް،ގުޅިފަޅު ހިއްކައިގެން މަދުވެގެން 10،000 ގޯތި ދެވެން އެބައޮތް. އަދި ހުޅުމާލެއިން 15000 ފްލެޓް، ގުޅިފަޅުން 25،000 ފްލެޓް ދެވެން އެބައޮތް
— Dr Mohamed Muizzu (@MMuizzu) February 3, 2022
މާލޭގެ ރައްޔިތުންގެ ގޯތި ގެދޮރުގެ މައްސަލައަކީ ހަގީގަތުގައިވެސް ބޮޑު މައްސަލައެއް ކަމަށާއި އެވާހަކަ ދައްކާ ވަރަށް ގިނަ ރައްޔިތުންތަކެއް އެބަތިބި ކަމަށް ރައީސް ޞާލިޙް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް ސިޔާސީ އެކިއެކި ފައިދާ ހޯދުމަށްޓަކައި ކަނޑައެޅިގެން ކަންއޮތްގޮތް އެނގިތިބެ އެނޫން ގޮތްގޮތަށް ވާހަކަ ދައްކާ މީހުންވެސް އެބަ އުޅޭ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
އެގޮތުން މިހާރުވެސް ހުޅުމާލޭގައި 5000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ރާވާފައި އެބަ އޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގޯތި ދޭނީ ގުޅިފަޅުންނާއި ހުޅުމާލޭން އެކަނި ނޫން ކަމަށާއި އެހެން ފަޅުތަކުންވެސް ގޯތި ދޭނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުމެން ގޯތި ދޭނީ ގުޅިފަޅުން އެކަންޏެއްނޫން. ހުޅުމާލެއިންވެސް ގޯތި ދެވޭނެ. އަދި އެހެން ފަޅުތަކުންވެސް ލިބޭނެ. އަޅުގަނޑުމެން މި ދައްކަނީ 1000 ގޯތީގެ ވާހަކައެއް ނޫން. އޭގެ ދެގުނަ ތިންގުނަ، އިރާދަކުރެއްވިއްޔާ ހަތަރު ގުނަ ގޯތި މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދު ރަނުން ރަނަށް ފުއްދުމުގައި މި ސަރުކާރުން ވަނީ އެންމެ ތިން އަހަރުތެރޭގައި 7000 އަށް ވުރެ ގިނަ ޢަދަދެއްގެ ގެދޮރު ބިނާކުރުމުގެ މަސައްކަތް ހަމައެކަނި ގްރޭޓަރ މާލެ ސަރަޙައްދުގައި ހިންގާފައެވެ. އެގޮތުން އެފޯޑަބަލް، 4440 ހައުސިންގް ޔުނިޓްގެ މަސައްކަތް މާލޭ ސަރަޙައްދުގައި މިވަގުތު ދަނީ ކުރިއަށެވެ. ހަމަ އެއާއެކު މިޑްރޭންޖްގެ ޢާމްދަނީ ލިބޭ ޢާއިލާތަކަށް ޚާއްސަކޮށްގެން ޢިމާރާތްކުރާ 640 ހައުސިންގެ މަސައްކަތް ކުރިއަށް ދާއިރު، 1920 ކައުންސިލް ހައުސިންގެ މަސައްކަތްވެސް މިވަގުތު ދަނީ ކުރިއަށެވެ.
ކިޔުންތެރިންގެ ހިޔާލު