2022 ވޯލްޑްކަޕް ކޮލިފައިން ގައި އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ކުޅުނު މެޗުތަކުން މޮޅުވެ، ވޯލްޑްކަޕަށް ދިއުމުގެ އުންމީދު އާކޮށްފިއެވެ.
2022 ވޯލްޑްކަޕް ކޮލިފައިން (ކޮންކާކަފް) ގައި އެމެރިކާ ވަނީ ހޮންޑޫރަސް ގެ މަށްޗަށް 0-3 ގެ ނަތީޖާ އަކުން ކުރި ހޯދައިފައެވެ. މިމެޗުގައި އެމެރިކާގެ ފުރަތަމަ ގޯލް ޖަހައިފައިވަނީ 8 ވަނަ މިނެޓުގައި ޔުވެންޓަސްގެ ތަރި މެކެންނީ އެވެ. 2 ވަނަ ގޯލް 37 ވަނަ މިނެޓްގައި ޒިމްމަރމަން ޖެހިއިރު 3 ވަނަ ގޯލް ޖެހީ ޕުލިސިޗް އެވެ.
ޓޭބަލްގެ އެއްވަނައިގައި އޮތް ކެނެޑާވަނީ އެލް ސަލްވަޑޯރ ގެ މަށްޗަށް 0-2 ގެ ނަތީޖާ އަކުން ކުރި ހޯދާފައެވެ. މިމެޗުގައި ކެނެޑާގެ ފުރަތަމަ ގޯލް 66 މިނެޓުގައި ޖަހައިފައިވަނީ މިޑްފިލްޑަރ ހަޗިންސަން އެވެ. ފަހުގޯލް ޖެހީ ލިލޭ ގެ ޖޮނަތަން ޑޭވިޑެވެ. ޑޭވިޑް ވަނީ މި ކޮލިފައިންގައި މިހާތަނަށް 9 ގޯލް ޖަހާފައެވެ.
3 ވަނައިގައި އޮތް މެކްސިކޯގެ ހަމަ އެކަނި ލަނޑު ޖަހައިދީފައިވަނީ ލިބުނު ޕެނަލްޓީއަކުން ރައުލް ޖިމްނޭޒް އެވެ. މިއީ ޖިމްނޭޒް މެކްސިކޯ އަށް ކާމިޔާބު ކޮށްދިން 29 ވަނަ ގޯލް އެވެ.
މިހާރު ޓޭބަލް އޮތް ގޮތަށްބާލާއިރު، 11 މެޗު ކުޅެ، 1 ވަނައިގައި އޮތީ 25 ޕޮއިންޓާއެކު ކެނެޑާއެވެ. ޔޫއެސްއޭއާއި މެކްސިކޯ އަށް ލިބޭނީ 21 ޕޮއިންޓެވެ. ނަމަވެސް ފައިދާ ގޯލުން 2 ވަނަ ލިބެނީ ޔޫއެސްއޭ އަށެވެ. މެކްސިކޯއަށް ލިބެނީ ތާވަލުގެ 3 ވަނަ އެވެ. 4 ވަނައިގައި އޮތީ ޕަނަމާ އެވެ.

ކިޔުންތެރިންގެ ހިޔާލު