ހއ. އުލިގަމުގައި ބަނދަރު ކުރާ ޔޮޓް ފަހަރުން ދައުލަތަށް ދެން ނަގާނީ 250 ރުފިޔާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ. މިއީ މީގެ ކުރިން ނަގަމުން އަންނަ ފީ އަށް ވުރެ 75 އިންސައްތަ ކުޑަ ޢަދަދެކެވެ.
މީގެ ކުރިން ކަސްޓަމްސްގެ އާންމު ގަވައިދުގައި ބުނެފައިވާ ގޮތުން ރާއްޖެ އަންނަ ހުރިހާ ސައިޒެއްގެ ޓޫރިސްޓު އުޅަނދުތަކުން އިންވާޑް އަދި އައުޓްވާޑް ފީގެ ގޮތުގައި ދައްކަން ޖެހެނީ 1،000 ރުފިޔާ އެވެ. މިކަމުގެ ސަބަބުން މި ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި އުލިގަމު ކައުންސިލުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި އެވެ.
ކަސްޓަމްސްގެ އާންމު ގަވައިދު އިސްލާހުކޮށް ގެޒެޓްކޮށްފައިވާއިރު ކަނޑުމަގުން ރާއްޖެ އަންނަ 15 މީޓަރަށް ވުރެ ކުޑަ ޓޫރިސްޓު އުޅަނދުތަކުން ދައްކަން ޖެހޭ އިންވާޑް އަދި އައުޓްވާޑް ފީ ވަނީ 250 ރުފިޔާ އަށް ކުޑަކޮށްފަ އެވެ. މިހާރު 1،000 ރުފިޔާ އިންވާޑް އަދި އައުޓްވާޑް ފީގެ ގޮތުގައި ދައްކަން ޖެހެނީ 15 މީޓަރަށްވުރެ ބޮޑެތި އުޅަނދުތަކުންނެވެ. އާންމުކޮށް އުލިގަމުގައި ބަނދަރު ކުރަނީ 15 މީޓަރަށްވުރެ ކުދި ޓޫރިސްޓު އުޅަނދުތަކެވެ.
އަލަށް ގެނައި އިސްލާހާއި އެކު އެޖެންޓަކު ހަމަ ނުޖައްސާ ރާއްޖެއަށް އަންނަ 15 މީޓަރަށްވުރެ ކުދި އުޅަނދުތަކަށް އެޖެންޓަކު ހަމަޖައްސަން 72 ގަޑިއިރު ދެ އެވެ. އޭގެ ފަހުގައި އެޖެންޓަކު ހަމަ ނުޖައްސައިފިނަމަ ކަނޑައެޅޭ ޖޫރިމަނާ ފީ ރާއްޖެއިން ފުރުމުގެ ކުރިން ކަސްޓަމަށް ދައްކާ ނިންމަން ޖެހެ އެވެ.
މީގެ އިތުރުން އެ ގަވައިދަށް ގެނައި އިސްލާހާއެކު ކާބޯތަކެއްޗާއި، ތެލާއި ބޯފެން ފަދަ ތަކެތި އެރުވުމަށް، ރާއްޖެ އަންނަ 15 މީޓަރަށްވުރެ ކުޑަ، ފަތުރުވެރިކަމުގެ އުޅަނދުފަހަރަށް އޭޖެންޓަކު ނެތި ހަތް ދުވަސްވަންދެން، ކަސްޓަމްސް ހުއްދަކުރާ ސަރަހައްދެއްގައި ބަނދަރުކުރެވިދާނެ ކަމަށް ވަނީ ބުނެފަ އެވެ.
މި އިސްލާހުތައް ގެނެސްފައި މިވަނީ ގިނަ އަދަދެއްގެ ކުދި ޔޮޓު ފަހަރު އަންނަ އުލިގަމަށް މި ފަަހަކަށް އައިސް ޔޮޓް ބަނދަރު ކުރުން މަދުވުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން އުލިގަމު ކައުންސިލާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ފާޅުކޮށްފައިވަނިކޮށެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އުލިގަމަށް ޔޮޓު ފަހަރު އައުން މަދުވެފައިވާ ސަބަބު ދެނެގަނެ އެކަން ހައްލުކޮށްދެއްވާނެ ކަމަށް ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންފަ އެވެ.
މި މައްސަލަ ހައްލު ކުރުމަށް މިދިޔަ ޖެނުއަރީ މަހު ކަސްޓަމްސްއިން ވަނީ މަހާސިންތާއެއް ބާއްވާފައެވެ. އެ މަހާސިންތާގައި ހއ އަތޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، އުލިގަމު ކައުންސިލް މެމްބަރުންނާއި ކަމާ ބެހޭ 15 އިދާރާއަކުން 45 މަންދޫބުން ބައިވެރިިވި އެވެ.

ކިޔުންތެރިންގެ ހިޔާލު