ރީކޯ މޫސާ މަނިކު
ރީކޯ މޫސާ މަނިކު
ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީގައި ގިނައިން ތިބޭނީ އެއްބަނޑު ކުދިން ކަމަށާއި އެނޫން މީހުންނަށް އެޕާޓީގެ ތެރެއިން ވަރަށް "އަޖަލު" ޖައްސާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޫސަ މިފަދައިން ވިދާޅުވެފައި މިވަނީ ސޯޝަލް މީޑިއާގައި ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ދެއްކެވި ވާހަކަތަކަކާ ގުޅިގެން އެމްޑީޕީ އަށް ނިސްބަތްވާ ބައެއް ސޯޝަލް މީޑިއާ އެކްޓިވިސްޓުން ރޮޒެއިނާ އަށް ރައްދު ދެމުން އަންނަ ދަނޑިވަޅެއްގައެވެ.

މައްސަލަ ހޫނުވީ އެންމެ ފުރަތަމަ އެމްއެމްޕީއާރްސީ ވާހަކަތައް ދައްކަން ފެށި ހިސާބުންނެވެ. އެވާހަކަ ދައްކަން ފެށުމުން ބައެއް މީހުން ރޮޒެއިނާ އަކީ ޑީއާރްޕީ މީހެއް ކަމަށް ބުނެ ފާޑު ކިޔާފައިވެއެވެ. ނަމަވެސް ރޮޒެއިނާ ވެސް އެވާހަކަތަކަށް ދޫނުދީ ރައްދު ދެއްވަމުން ގެންދެވިއެވެ.ރޮޒެއިނާ ދެއްކެވި ވާހަކައެއް މީޑިއާއެއްގައި ރިޕޯޓު ކުރުމުން އެކަމާ ހިތްހަމަނުޖެހި ޓްވީޓު ކުރި ފަރާތްތަކަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ އެމްޑީޕީ އަކީ "ކަލްޓް" އެއްގެ ގޮތުގައި ބައެއް މީހުން ސިފަ ކުރަމުން އަންނަ ކަމަށެވެ. 

އެމްޑީޕީގެ އިސް މަގާމުތައް ފުރުއްވާފައިވާ މޫސާ މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އަކީ އެތައް ބަޔަކު ގުރުބާންކޮށް އެތައް ހާދިސާތަކެއް ހިނގާފައިވާ ޕާޓީއެއް ކަމަށެވެ.

"ތަރިކަ މުދާ ވާރިސުންގެ ތެރޭގައި ބަހާ އުސޫލުން ހިނގާ ކަމެއްގައި ނޭނގި ހުރެގެން ދައުވާ ނުއުފުލާތި. ގިނަވާނީ އެއްބަނޑު ކުދިން. ވަކި ބަނޑަކަށް ލިބިފައި ތިބި ކުދިންނަށް ވަރަށް އަޖަލު ޖައްސާނެ. އެކަމަކު ހިފަހައްޓާލާތި." މޫސަ ވިދާޅުވިއެވެ.

މޫސަ އެމްޑީޕީން ވަކިކުރީ ވިޕްލައިނާ ހިލާފަށް 18ވަނަ ރައްޔިތުން މަޖިލީހުގައި ވޯޓު ދެއްވި މައްސަލައިގައެވެ. އެގޮތުން ފިޔަވަޅު އަޅާ ކޮމެޓީން މޫސަގެ މައްސަލަ ބެލުމަށް ފަހު އޭނާ ޕާޓީން ވެސް ވަކިކޮށްލީއެވެ.

ރޮޒައިނާއާއި އެމްޑީޕީގެ އިސް ބައެއް ފަރާތްތަކާއި އެމްޑީޕީގެ އެކްޓިވިސްޓުންގެ މެދުގައި ހިގަމުންދާ ޚިޔާލުތަފާވުން ތައް ފެށިގެން އައީ ރައީސް ޞާލިހުގެ ސަރުކާރާއި ގުޅުވައިގެންނެވެ. ރޮޒައިނާ ހިމެނިފައިވަނީ އަބަދުވެސް ސަރުކާރު ދިފާޢު ކުރައްވާ ވާހަކަ ދައްކަވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން މިހާރުގެ ސަރުކާރަކީ ވަގުތީ ސަރުކާރެއް ކަމަށް ނުވަތަ އިންތިގާލީ ސަރުކާރެއް ކަމަށް އެމްޑީޕީގެ އެކްޓިވިސްޓުން ބުނަމުންދާ ވާހަކައަށް ވެސް ރޮޒައިނާ ވަނީ ރައްދު ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


17

މާދަމާދެކޭމީހާ

26-May-2020

ދައުރު ހަމަނުވަނީސް މިފަހަރުވެސް ވެއްޓުމުގެ ފެށުން ފެންނަން ފެށީ ކަންނޭންގެ މިފަހަރުވެސް ވާއެއްޗެއް ފެންނާނެ ދުނިޔޭގަ ތިބި ބަޔަކައް



ޓްރެންޑިން