އެއްވެސްމީހަކު ވޯޓު ދިނުމަށް ދަތިކޮށް ހުރަސް އެޅުމަކީ ޖަލުޙުކުމް އަންނާނެ ކަމެއް ކަމަށް އިލެކްޝަން ކޮމިޝަންގެ ނާއިބުރައީސް އިސްމާޢީލް ޙަބީބު ވިދާޅުވެއްޖެއެވެ.
ފޯރިގަދަ ކެމްޕޭނަކަށްފަހު ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެކަމާ ގުޅިގެން އިންތިޚާބަށް އިލެކްޝަން ކޮމިޝަނުން ވާންޖެހޭ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނާ ޙަވާލާދެެއްވައި އިލެކްޝަން ކޮމިޝަންގެ ނާއިބުރައީސް އިސްމާޢީލް ޙަބީބު މީސްމީޑިއާގައި ވިދާޅުވެފައިވަނީ އެއްވެސްމީހަކު ވޯޓު ދިނުމަށް ދަތިކޮށް ހުރަސް އެޅުމަކީ މަނާ ކަމެއް ކަމަށާއި އެފަދަ ޢަމަލު ހިންގާ މީހުންނަށް ޖަލު ޙުކުމް އަންނާނެކަމަށް ޤާނޫނު ބުނާ ކަމަށެވެ.
އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނުގައި ބުނެފައިވަނީ އެފަދަ ޢަމަލެއް ހިންގި މީހަކު 4 މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ ކަމަށެވެ. ނުވަތަ 4 ހާސް ރުފިޔާއާއި 12 ހާސް ރުފިޔާއާއި ދެމެދުގެ މިންވަރަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ޤަވާއިދުގައި ވެއެވެ.
"އެމީހަކު ބޭނުންވާ ކެނޑިޑޭޓަކަށް ވޯޓުދިނުމުގެ ފުރިހަމަ އިޚްތިޔާރު އެމީހަކަށް ދެއްވާ. ވޯޓަކީ އަމާނާތެއް" ޙަބީބް ވިދާޅުވިއެވެ.
މާދަމާގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 3309 މީހުންނަށް ލިބިފައިވާއިރު ޕްރިންޓްކޮށްފައިވަނީ 3349 ވޯޓު ކަރުދާހެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޖުމްލަ ބަހައްޓާނީ 7 ވޯޓްފޮށި ކަމަށެވެ. އެގޮތުން އެދާއިރާގެ 3 ރަށުގައި ޖުމްލަ 5 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި މާލޭ އިސްކަންދަރު ސްކޫލުގައިވެސް 2 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީން ވާދަކުރެއެވެ. މި އިންތިހާބަކީ އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބަށްފަހު އެންމެ ފޯރިގަދަކޮށް ކުރިއަށްދާ އިންތިހާބެވެ.

— Ismail Habeeb (@IsmailHabeeb) February 4, 2022

ކިޔުންތެރިންގެ ހިޔާލު