މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަށްޑޫދާއިރާގެ ގޮނޑީގެ އިންތިޚާބުގައި އެމްޑީޕީން ގޮނޑި ދިފާޢުކޮށް ސަރުކާރަށްއޮތް ތާޢީދު ދައްކާލައިފިއެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިޚާބުގައި ތިންރަށުގައި ބެހެއްޓި ވޯޓުފޮށިތަކުގެ ޖުމްލަ ނަތީޖާއިން ކޮންމެ ރަށަކުންވެސް ކުރި ހޯއްދަވާފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓު ރާޝިދެވެ.
ފޯކައިދޫން ރާޝިދަށް 420 ވޯޓު ލިބިވަޑައިގެންނެވިއެވެ. ފަތުހީއަށް ލިބިވަޑައިގެންނެވީ 402 ވޯޓެވެ. ހަންނާނަށް ލިބިވަޑައިގަތީ 23 ވޯޓެވެ. މަރޮށިން ރާޝިދަށް 161 ވޯޓު ލިބިވަޑައިގެންނެވި އިރު، ފަތުހީ ލިބިވަޑައިގަތީ 95 ވޯޓެވެ. ހަންނާނަށް 37 ވޯޓު ލިބިވަޑައިގެންނެވިއެވެ. ރާޝިދަށް ކޮމަންޑޫން 303 ވޯޓު ލިބިވަޑައިގެންނެވި އިރު ފަތުހީ އަށް ލިބިވަޑައިގަތީ 244 ވޯޓެވެ. އަދި ހަންނާނަށް 101 ވޯޓު ލިބިވަޑައިގެންނެވިއެވެ.
މާލޭގައި އިސްކަންދަރު ސްކޫލްގައި ބެހެއްޓި ދެ ފޮށީގެ ތެރެއިން މިހައިތަނަށް ގުނާފައި ވަނީ 2 ނަމްބަރު ފޮށްޓެވެ. އެ ފޮށިން ރާޝިދަށް 234 ވޯޓް ލިބިވަޑައިގެންނެވި އެވެ. ފަތުހީއަށް ލިބިވަޑައިގެންނެވީ 178 ވޯޓެވެ. ހަންނާނަށް ލިބިވަޑައިގެންނެވީ 69 ވޯޓެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު ވާދަވެރި އެމްޑީޕީއާއި ޕީޕީއެމްގެ ކެންޑިޑޭޓަށް އިތުރު ވޯޓުތަކެއް ލިބި ކޮންމެވެސް ވަރެއްގެ ފަރަގެއް އައި ނަމަވެސް އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދަށް މިހާރުވެސް މިވަނީ ގޮނޑި ކަށަވަރުވެފައެވެ.
ކޮމަންޑޫ ދާއިރާގައި މިހާތަނަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ އިންތިޚާބެއްވެސް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންނެވެ. ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަން ބާއްވަން ޖެހުނީ އެދާއިރާގެ މެމްބަަރަކަށް ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު