ތައިލެންޑުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި ދިވެހި މީހާއަށް ފަރުވާދެމުންދަނިކޮށް މަރުވެއްޖެ އެވެ.
އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައި މަރުވެފައިވަނީ އައްޑޫ ސިޓީ ހުޅުދޫ އަހުމަދު ސައީދެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އަހުމަދު ސައީދު އާއި އިތުރު ދެމީހަކު އެއާޕޯޓުން އެނބުރި ހޮޓަލަށް ދިޔަ މަގުމަތީގައި އެމީހުން ތިބި ކާރުގެ ޑްރައިވަރަށް ނިދިޖެހިގެން ކާރު ފުރޮޅާލައިގެންނެވެ. މިހާދިސާގައި މި ތިން މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު ހާލު ސީރިއަސްވީ އަހުމަދު ސައީދެވެ.
ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާތާ ފަސް މަސްވީފަހުން އަހުމަދު ސައީދު މިއަދު މަރުވެފައިވާއިރު އެ އެކްސިޑެންޓްގައި އޭނާގެ ބޮލަށާއި ކަރަށް ވަރަށް ބޮޑަށް ވަނީ އަނިޔާ ލިބިފައެވެ. އެކްސިޑެންޓްގައި ލިބުނު އަނިޔާތަކާއި ގުޅިގެން އޭނާ ވަނީ އެއްފަޅި ވާގިނެތިފައެވެ. މި އެކްސިޑެންޓް ހިނގި އިރު އަހުމަދު ސައީދު އިނީ ކާރުގެ ފަހަތު ޝީޓުގައި ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު