ސިއްހީ އެހީތެރިން ބިދޭސީން ތަކެއް ޓެސްޓްކޮށް ސިއްހީ އެހީތެރިކަން ފޯރުކޮށްދެނީ- ރާއްޖޭގައި ގިނައިން ޕޮޒިޓިވް ވެފައިވަނީ ބިދޭސީން
ސިއްހީ އެހީތެރިން ބިދޭސީން ތަކެއް ޓެސްޓްކޮށް ސިއްހީ އެހީތެރިކަން ފޯރުކޮށްދެނީ- ރާއްޖޭގައި ގިނައިން ޕޮޒިޓިވް ވެފައިވަނީ ބިދޭސީން
ރާއްޖެއިން އިތުރު 24 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 04 ދިވެހިންނާއި، 18 ބަންގްލަދޭޝް މީހެއްގެ އިތުރުން އިންޑިއާގެ 02 މީހުން ކަމަށެވެ. މިއަދަދުތަކާއެކު ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 1395 އަކަށް އަރާފައެވެ.

ރާއްޖެ އިން މިފަހުން ފެންނަމުންދާ ކޭސްތަކުގެ ތެރޭގައި ގިނައީ ދިވެހިން ކަން ފާހަގަކޮށްލެވެއެވެ. ރާއްޖެ އިން ކޭސް ފެންނަން އެކަށީގެންވާ އަދަދެއްގެ ގޮތުގައި ނުވަތަ ބޭސް ލައިނެއްގެ ގޮތުގައި ޓެގް ޓީމުން އެންމެ ފަހުން ކަނޑައަޅާފައިވަނީ ދުވާލެއްގެ މައްޗަށް 30އާއި 50 އާއި ދެމެދުގެ އަދަދެކެވެ. މިއީ މާލޭގެ އާބާދީގެ ނިސްބަތުން ދަށް އަދަދެއް ކަމަށް ސިއްހީ މާހިރުން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން