މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސެލެންސީ ޝައިޚް ޑރ. މުޙައްމަދު ބިން ޢަބްދުލްކަރީމް އަލްޢީސާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްސަ ދަޢުވަތަކަށް ޑރ. މުޙައްމަދު ބިން ޢަބްދުލްކަރީމް އަލްޢީސާ ރާއްޖެއަށް ވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައެވެ.
ޚާރިޖީ ވުޒާރާއިން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޑރ. މުޙައްމަދު ބިން ޢަބްދުލްކަރީމް އަލްޢީސާއަށް މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަޙްމަދު ޚަލީލާއި، ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ކަމަށެވެ.
ޑރ. މުޙައްމަދު ބިން ޢަބްދުލްކަރީމް އަލްޢީސާގެ މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
މުސްލިމް ވޯލްޑް ލީގް (އެމްޑަބްލިއުއެލް) ނުވަތަ ރާބިތަތުލް ޢާލަމިލް އިސްލާމިއްޔާ އަކީ 1962 ވަނަ އަހަރު އިސްލާމީ މެދުމިނުގެ އުސޫލުތައް ފެތުރުމަށް އުފައްދާފައިވާ ބައިނަލްއަގުވާމީ ޖަމާޢަތެކެވެ. އެމްޑަބްލިއުއެލްގެ މައިއޮފީސް ހުންނަނީ ސައުދީ އަރަބިއްޔާގެ މައްކާގައެވެ.

ކިޔުންތެރިންގެ ހިޔާލު