ބަޣާވާތުގެ ވެރިންނަށް އޮންނަ ހުކުމަކީ ދަންޖެއްސުންކަމަށާއި ނަމަވެސް ރާއްޖޭގައި އެކަން ނުކުރެވުނު ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ނާޒިލް ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 07 ވަނަ ދުވަހަކީ ރާއްޖޭގެ ގިނަ ރައްޔިތުން ބަލައިގަތް ދުވަހެއް ނޫން ކަމަށެވެ. އެދުވަހަކީ ދިވެހިން ދިވެހިންނަށް އަނިޔާވެރިވި ދުވަހެއް ކަމަށާއި 8 ފެބްރުއަރީއަކީވެސް އެފަދަ ދުވަހެއް ކަމަށް ނާޒިލް ވިދާޅުވިއެވެ.
މެންބަރު ނާޒިލް ވިދާޅުވީ އެދުވަހު ފުލުހުން މުގުރު ކަންފަތްމައްޗަށް ދަމާލައިގެން ރައްޔިތުންފަހާ ދުވަމުންދިޔަ މަންޒަރު ދުށްކަމަށެވެ. އަދި އެދުވަހު އަނިޔާކުރި މީހުންނަށް ޙައްޤު އަދަބު ދެވުނުނަމަ މިއަދު އެފަދަ މަންޒަރުތައް ތަކުރާރުވުމުގެ ފުރުސަތު ނޯންނާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ. ބަޣާވާތުގެ ބައިވެރިންނަށް އޮންނަ ޙުކުމަކީ ދަންޖެއްސުން ކަމަށާއި, ނަމަވެސް އެކަން ކުރި ބަޔަކަށް ޙައްޤު އަދަބެއް ނުދެވުނު ކަމަށް ނާޒިލް ވިދާޅުވިއެވެ.
"ބޮޑު ބަޣާވާތެއް ހިންގީ. ބަޣާވާތުގެ ވެރިންނަށް ޙަޤީޤަތުގައި އޮންނަ ހުކުމަކީ ދަންޖެއްސުން. އެކަމެއް ނުކުރެވުނު. އެކަން ކުރި ބަޔަކަށް ޙައްޤު އަދަބެއް ނުދެވުނު. އަޅުގަނޑުމެން އިންސާފުގެ ވާހަކަދައްކާއިރުގަ މިއަދު އެ ބަޣާވާތްކުރި ބަޔަކު ދަންޖެއްސުނުނަމަ އަޅުގަނޑުމެންނަށް އިންސާފު އެ އޮތީ ކަށަވަރުވެ ޔަޤީންވެފަ." ނާޒިލް ވިދާޅުވިއެވެ.
ނާޒިލް މިއަދު ވިދާޅުވީ ބައާވާތް ހިނގިތާ 10 އަހަރު ވިޔަސް ލިބުނު ގެއްލުންތަކުން ގައުމަށް އަރައިނުގަނެވޭ ކަމަށެވެ. ޤައުމުދިޔައީ ފަހަތަށް ކަމަށާއި އަދި އެކަމަށް އިންސާފު ލިބެން ޖެހޭ ކަމަށް ނާޒިލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު