މާލޭ ސަރަހައްދުގެ ލޮކްޑައުން ހަތަރުވަނަ ފަހަރަށް ދަންމާލި މުއްދަތު ހަމަވާން އެންމެ ދެ ދުވަހަށް ވެފައި އޮތަސް މާލަމުގައި މަޖިލިހުގެ ޖަލްސާތައް ނުބާއްވަވާ ހުންނެވެން ނެތް ކަމަށް، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް އަންގަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު މިހެން ވިދާޅުވީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސް އަޕް ގުރޫޕެއްގައެވެ. މަޖިލީހުގެ މެމްބަރުންގެ ވަޓްސްއެޕް ގުރޫޕްގައި ނަޝީދު ވިދާޅުވީ ލޮކްޑައުންއާ މެދު އެޗްޕީއޭ އިން އަންނަ ބުރާސްފަތި ދުވަހު ގޮތެއް ނިންމަންދެން މަޑުކުރެއްވެން ނެތް ވާހަކަ މައިމޫނާއަށް އަަންގަވާފައިވާނެ ކަމަށެވެ.
ވަޓްސްއެޕް ގުރޫޕްގައި ނަޝީދު ވިދާޅުވީ މާލަމުގައި މެމްބަރުން ހާޒިރުވެ ތިއްބަވައިގެން ނޫން ގޮތަކަށް ގާނޫނުއަސާސީ އަށް ބަދަލެއް ގެނައުން ރަނގަޅު ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެކަމާ މެދު މެމްބަރުންގެ ވިސްނުން ހުރި ގޮތް ބެއްލެވި ކަމަށެވެ. އަދި ގިނަ މެމްބަރުންނަށް ފެނިވަޑައިގަތީ ވެސް މާލަމުގައި ޖަލްސާތައް ފަށަން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ އެކު ސަރުކާރާއި ދައުލަތުގެ އެހެން މުއައްސަސާތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. މުވައްޒަފުން މަސައްކަތް ކުރައްވަނީ ގޭގައި ތިއްބަވައިގެންނެވެ. މިއީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރި ފަހަރެވެ.
ކުއްލި ނުރައްކަލުގެ ހާލަތާއެކު މާޗު ފަހު ހަފުތާގައި މެމްބަރުން ގޭގައި ތިއްބަވައިގެން، އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ގެންދަން ވަނީ ފަށާފައެވެ. ލޮކްޑައުންއާ މެދު ސަރުކާރުން ކޮންމެ ގޮތެއް ނިންމިޔަސް އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލިޔަސް މާލަމުގައި ޖަލްސާތައް ބޭއްވުމަށް ނަޝީދު ވަނީ ނިއްމަވާފައެވެ. އެގޮތުން ޚާއްސަ އުސޫލެއް ކަނޑައަޅައި މާދަމާ ޖަލްސާތައް ފަށާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު