ނިމިދިޔަ އެފްރިކާ ބައްރުގައި ބާއްވާ އެންމެ ބޮޑު މުބާރާތް ކަމަށްވާ އެފްރިކާ ކަޕް އޮފް ނޭޝަންސް، މި ފަހަރު ކާމިޔާބުކުރި ސެނަގާލް ޓީމްގައި ތައުރީފް ހައްގުވާ އެއްފަރާތަކީ ކޯޗް އަލިއޫ ސީސޭއެވެ.
އެފްރިކާ ކަޕް އޮފް ނޭޝަންސް ފުރަތަމަ ފަހަރަށް ކާމިޔާބުކުރި ސެނަގާލް، ތައްޓާއެކު ގައުމަށް ދިޔުމުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ކާމިޔާބީ އެންމެ ބޮޑަށް ހާއްސަ ވެގެންދިޔައީ ކޯޗް އަދި އެ ގައުމުގެ ކުރީގެ ކުޅުންންތެރިޔާ އަލިއޫ ސީސޭއަށެވެ.
އަލިއޫ ސީސޭ ސެނަގާލްގެ ގައުމީޓީމަށް ކުޅެންފެށީ 1999 ވަނަ އަހަރުގައެވެ. ޖުމްލަ 35 މެޗު ގައުމީޓިމަށް ކުޅެދީފައިވާ ސީސޭ ވަނީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ގައި ކުޅެފައެވެ. ސީސޭގެ ކެޕްޓަންކަމުގައި ސެނަގާލް ވަނީ އެއަހަރު ވޯލްޑްކަޕް ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. ހަމަ އެއަހަރު އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައިވަނީ ކުޅެފައެވެ. ނަމަވެސް ކެމަރޫންއަތުން ޕެނަލްޓީގައި ވަނީ ބަލިވެފައެވެ. އެންމެ މުހިއްމު ޕެނަލްޓީ ސީސޭއަށް ކާމިޔާބު ވާގޮތް ވަނީ ނުވެފައެވެ.
އަލިއޫ ސީސޭ ސެނަގާލްގެ ކޯޗުކަމާއި ހަވާލުވީ 2015 ވަނަ އަހަރުގައެވެ. ސީސޭގެ ކޯޗުކަމުގައި ސެނަގާލްވަނީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ކުޅެފައެވެ. ނަމަވެސް ގުރޫޕު ސްޓޭޖުންވަނީ ކަޓާފައެވެ. ޖެހިގެން އައި އަހަރު 2019 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލްގައި ސެނަގާލް ވަނީ ސީސޭގެ ކޯޗުކަމުގެ ދަށުން ކުޅެފައެވެ. ނަމަވެސް ސެނަގާލް ބަލިކޮށް އަލްޖީރިއާ ވަނީ މުބާރާތް ކާމިޔާބު ކޮށްފައެވެ.
މިފަހަރު މި ލިބުނު ތަށްޓަކީ، ކުޅުންތެރިއެއްގެ ގޮތުގައާއި ކޯޗެއްގެގޮތުގައި ލިބުނު ނާކާމިޔާބީތައް މަތިން ހަދާން ނައްތާލަން ސީސޭއަށް ލިބުނު ވަރަށް މުހިއްމު ތަށްޓެކެވެ. ގޮންޖެހުންތަކާއި ކުރި މަތިލާން ޖެހުނު ކޯޗަށް އެންމެބޮޑު ހިއްވަރަކަށްވީ އޭނާގެ ކުޅުންތެރިން އޭނާއަށްކުރި އިތުބާރެއެވެ. 45 އަހަރުގެ ސީސޭ މިވަނީ ސެނަގާލަށް ފުރަތަމަ އިންޓަނޭޝަނަލް ތަށި ހޯދައި ދީފައެވެ.
"މި ލިބުނު ކާމިޔާބީ އަޅުގަނޑު ހާއްސަކުރަނީ ސެނަގާލްގެ ރައްޔިތުންނަށް. އެތަށް އަހަރެއްވަންދެން މި ތަށި ހޯދަން އަހަރެމެންނަށް މަސައްކަތް ކުރެވިއްޖެ. މިހާރު އަހަރެމެންގެ ޖާޒީގެ ބެޖުކައިރީގައި ކާމިޔާބީގެ ތަރިއެއް ޖަހާލެވޭނެ." ކޯޗު ބުނެފައި ވެއެވެ.
މިފަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބު ކުރުމާއެކު، ދުނިޔޭގެ ރޭންކިންގެ 20 ވަނައިގައި އޮތް ސެނެގާލް ވެގެންދިޔައީ މި މުބާރާތް ކާމިޔާބުކުރި 15 ވަނަ ގައުމަށެވެ.

ކިޔުންތެރިންގެ ހިޔާލު