ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާ ކުރަށްވައިފިއެވެ.
މިއަދު ހެނދުނު 8:30 ގައި ރައްޔިތުންގެ މަޖިލީހުގައި އޮތް ރަސްމިއްޔާތުގައި ރާޝިދަށް ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުއޫދެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އިލެކްޝަން ކޮމިޝަނުން އިޢުލާނުކޮށްފައިވާ އިންތިޚާބުގެ ދާއިމީ ނަތީޖާ ދައްކާގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ މުޙައްމަދު ރާޝިދަށް 1401 ވޯޓު ލިބިފައިވާއިރު އެގޮނޑިއަށް ވާދަކުރެއްވި ޕީޕީއެމްގެ މޫސާ ފަތުޙީއަށް ލިބިފައިވަނީ 1161 ވޯޓެވެ. އަދި އެމްއެންޕީގެ އަބްދުލް ހަންނާނަށް ލިބިފައިވަނީ 323 ވޯޓެވެ.
މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 3،309 މީހަކަށް ލިބިފައިވާއިރު ވޯޓްލާފައިވަނީ 88.61 ޕަސެންޓް މީހުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާފައި ވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު